ލަންކާގައި ދެމުން ގެންދާ ޓެރަރިސްޓް ހަމަލާތަކަކީ ދީނީ، ނަސްލީ ބައިބައިވުން އިތުރުކުރަން ކުރާ މަސައްކަތެއް: ލަންކާ މުސްލިމް ކައުންސިލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ލަންކާގައި ދެމުން ގެންދާ ޓެރަރިސްޓް ހަމަލާތަކަކީ ދީނީ، ނަސްލީ ބައިބައިވުން އިތުރުކުރަން ކުރާ މަސައްކަތެއް: ލަންކާ މުސްލިމް ކައުންސިލް

ލަންކާގައި ދެމުން ގެންދާ ޓެރަރިސްޓް ހަމަލާތަކަކީ ދީނީ، ނަސްލީ ބައިބައިވުން އިތުރުކުރަން ކުރާ މަސައްކަތްތަކެއް ކަމަށް ދަ މުސްލިމް ކައުންސިލް އޮފް ސްރީ ލަންކާއިން ބުނެފިއެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކްރިސްޓިއަނުން ފާހަގަކުރާ "އީސްޓްރ ޑޭ" އާއި ގުޅުވައިގެން ފައްޅިތަކަށާއި ކޮލޮމްބޯގެ ހޮޓާތަކަށް ދިން ޓެރަރިސްޓް ހަމަލާތައް ކުށްވެރިކުރާ ކަމަށެވެ. އަދި ހަރުކަށި ފިކުރުގެ މީހުން ލަންކާގައި ދެމުންގެންދާ ޓެރަރިސްޓް ހަމަލާތަކުގައި އެއްވެސް ކުށޭއް ނެތް ގިނަ ބައަކު މަރުވެ އެތައް ހާސް ބައަކަށް އަނިޔާ ލިބެމުންދާތީ އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެޖަމިއްޔާއިން މި ހަމަލާތަކުގެ ފުރިހަމަ ތަޙްޤީޤެއް ހިންގައި މިކަމުގެ އަޑީގައި ތިބި މީހުންނާއި ބައިވެރިން އިންޞާފުގެ ކުރިމައްޗަށް ގެނައުމަށް ލަންކާގެ ރައީސަށް ގޮވާލައިފައެވެ. އަދި ހާލުގައި ޖެހޭ މީހުންނަށް އެހީތެރިކަން ފޯރުކޮށދިނުމުގައި އެންމެ ކުރީ ސަފުގައި ތިބުމަށް މުސްލިމުންނަށް ވަނީ ގޮވާލައިފައެވެ.

 

މިއަދު އޮންލައިން