ލަންކާގައި ތިބި ދިވެހިންގެ ސަލާމަތަށް ވަރަށް ބޮޑަށް ވިސްނަން ޖެހިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ލަންކާގައި ތިބި ދިވެހިންގެ ސަލާމަތަށް ވަރަށް ބޮޑަށް ވިސްނަން ޖެހިފަ!

މިވަގުތު ސްރީލަންކާގައި ތިބި ދިވެހިން އެމީހުންގެ ސަލާމަތަށް ވަރަށް ބޮޑަށް ވިސްނަން ޖެހެކަން ފާހަގަކުރެވެއެވެ. އެންމެ ފަހުގެ ރިޕޯޓްތަކަށް ބަލާއިރު ދިވެހިން އެންމެ ގިނައިން ދިރިއުޅޭ ދެހިވެލަ އަދި މައުންޓްލެވީނިޢާ ސަރަހައްދުގައި ޓެރަރިސްޓުން މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. މިކަމާއި ގުޅިގެން ފުލުހުްނާއި ސިފައިން ގެންދަނީ ޚާއްޞަ އޮޕަރޭޝަންތައް މިހާރުވެސް ކުރިއަށް ގެންދަމުންނެވެ.

އިއްޔެގެ ހަމަލާތަކާއި ގުޅިގެން މުސްލިމް ޖަމާޢަތެއް ކަމަށްވާ "ނޭޝަނަލް ތައުޙީދު ޖަމާއަތުގެ" ގިނަ ބައަކު ވަނީ ހައްޔަރުކޮށްފައެވެ. އެހެންކަމުން މިވަގުތަކީ މުސްލިމުންނަށް ކޮންމެ ފަދަ ހަމަލާއެއްވެސް ދީފާނެ ވަގުތެކެވެ.

ޝަންގްރިއްލާ ހޮޓަލަށާއި ބަޓިކޮލަ ފައްޅިއަށް ހަމަލާދީފައިވަނީ ޖާނުން ފިދާވެގެން ކަމަށް ބެލެވޭތީ މުސްލިމުންނަށް ކަޅިއެޅުން ވަނީ އިތުރުވެފައެވެ. ވީމާ ކޮންމެހެން ނުކުންނަން މަޖުބޫރުވެގެން ނޫނީ ގެއިން ބޭރަށް ނުކުމެ އުޅުން މިވަގު ބުއްދިވެރި ނޫންކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން