ކަސްޓަމްސްެގެ ބޮންޑެޑްވެއަރ ހައުސްގެބެލުމުގެ ދަށުގައި ހުރި ބަނގުރަލާއި އޫރުމަސް ނައްތާލައިފިއެވެ. މިތަކެތި ނައްތާލާފައިވަނީ ކ. ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި މިއަދު ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ.
މިގޮތުން ނައްތާލާފައިވަނީ 415.45 ކިލޯ އޫރުމަހާ 36 ފުޅި ބަނގުރަލެވެ.
ކަސްޓަމްސް އިން ބުނީ މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި ޢަމަލުކުރާނެ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށެވެ. އަދި އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކުރެވިފައިވާ ކަމަށެވެ.