މިރޭ 12:00 އިން ފެށިގެން ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
މިރޭ 12:00 އިން ފެށިގެން ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަނީ

މިރޭ 12.00 އިން ފެށިގެން ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން ނިންމައި ޓެރަރިޒަމް ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅުތައް އެލުމުގެ ބާރު ސަލާމަތީ ބާރުތަކަށް ދޭން ނިންމައިފިއެވެ. 

އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ އިއްޔެ ދިން ހަމަލާތަކުގައި މަރުވި މީހުންގެ ޖަނާޒާގެ ޚަރަދުތައް ސަރުކާރުން ކޮށްދޭނެ ކަމަށެވެ. އަދި ގެއްލުންދިން ފައްޅިތައް މަރާމާތުވެސް ކޮށްދޭނެ ކަމަށެވެ. 

އިއްޔެ ދިން ހަމަލާތަކުގެ ޒިންމާ މިހާރުވަނީ ނޭޝަނަލް ތައުހީދު ޖަމާއަތުގެ ކިބައިގައި އަޅުވައިފައެވެ. ސަރުކާރުގެ ބައެއް ވެރިން މިގޮތަށް މީޑިއާތަކަށް ބަޔާން ދިން ނަމަވެސް މިކަން އަދި ޔަޤީން ކުރެވިފައެއް ނުވެއެވެ.

މިއަދު އޮންލައިން