ލަންކާގެ ބޮޑުވަޒީރު އިދިކޮޅު ލީޑަރުންނަށް ބަސްފުޅެއް އަމާޒުކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ލަންކާގެ ބޮޑުވަޒީރު އިދިކޮޅު ލީޑަރުންނަށް ބަސްފުޅެއް އަމާޒުކުރައްވައިފި

ސްރީލަންކާގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ އިދިކޮޅު ލީޑަރުންނަށް ބަސްފުޅެއް އަމާޒުކުރައްވައިފިއެވެ.  

ރަނިލް ވިދާޅުވީ ޤައުމުގެ މިނިވްނަކަމާއި ސިޔާދަތު ސަރުކާރުން ހިމާޔަތް ކުރާނެ ކަމަށާއި ރައްޔިތުންގެ ސަލާމަތަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރައްވަން ތައްޔާރު ކަމަށާއި ޤާނޫނުގައިވާ ގޮތުގެ މަތީން އިންތިޚާބު ބާއްވާނެ ކަމަށެވެ. 

ރަނިލް މިފަދަ މޭރުމަކުން ވިދާޅުވެފައިވާއިރު ލަންކާގެ ބައެއް ސަރަހައްދުތަކުގެ މަގުތަކުގައި ގެންދަނީ އިއްޔެގެ ހަމަލާތަކުގެ ޒިންމާ އިދިކޮޅު ފަރާތްތަކުގެ ކިބައިގައި އަޅުވައި އަޑުއުފުލަމުންނެވެ. ބައެއް ލީޑަރުންގެ ޕޯސްޓަރުތައްވެސް ޢާންމުކޮށްފައެވެ. 

މިއަދު އޮންލައިން