ތައުހީދު ޖަމާއަތުގެ ވާހަކަ ސަރުކާރަކަށް ނުދެއްކޭނެ- 3 އަހަރު ކުރިން ވާނީ ހުރިހާ މައުލޫމާތެއް ދީފަ: ލަންކާ މުސްލިމް ކައުންސިލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ތައުހީދު ޖަމާއަތުގެ ވާހަކަ ސަރުކާރަކަށް ނުދެއްކޭނެ- 3 އަހަރު ކުރިން ވާނީ ހުރިހާ މައުލޫމާތެއް ދީފަ: ލަންކާ މުސްލިމް ކައުންސިލް

އާދިއްތަ ދުވަހުން ފެށިގެން ސްރީލަންކާއަށް ދެމުން ގެންދާ ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ތައުހީދު ޖަމާއަތުގެ ވާހަކަ ސަރުކާރަކަށް ނުދެއްކޭނެ ކަމަށާއި އެ ޖަމާތާއި އެ ޖަމާއަތުގައި އިސްކޮށް ހަރަކާތްތެރިވާ މީހުންގެ ހުރިހާ މައްލޫމާތެއް މީގެ 3 އަހަރު ކުރިން ވާނީ ދެއްވާފައި ކަމަށް ލަންކާ މުސްލިމް ކައުންސިލްގެ ނައިބް ރައީސް ޙިލްމީ އަޙްމަދު ވިދާޅުވެއްޖެއެވެ.

"3 އަހަރުވަންދެން އެމީހުން (ސަރުކާރުން) އެތިބީ ކަރުދާސްތައް މަތީގަ އިށީނދެ އެއަށް ވައި ބޭރުކުރަން. ދެން މިއަދު މުސްލިމުންގެ ބޮލުގައި ކަންކަން އަޅުވަން ވާހަކަ ދެއްކުމުގެ އެއްވެސް ޙައްޤެއް ނޯންނާނެ. އެކަރުދާސްތައް ހިފައިގެން ގޮސް ހަވާލުކުރީ އަހަރެންގެ ދެއަތުން. މިއަދު ޤަުމަށް ބޮޑެތި ގެއްލުންތަކެއް ލިބުނީމަ ތައުޙީދު ޖަމާއަތޭ ކިޔައި މުސްލިމުންނަށް ނަފްރަތު ކުރުމުގެ އެއްވެސް ބޭނުމެއް ނެތް."

ޙިލްމީ މިމޭރުމުން ވިދާޅުވެފައިވަނީ ބޭރުގެ ނޫހަކަށް މައުލޫމާތު ދެއްވަމުންނެވެ. ޙިލްމީ އަޙްމަދު ވިދާޅުވީ އެ ޖަމާއަތަކީ މުސްލިމުން ނޫން ބައަކު ދުނިޔޭގައި ތިބެން ޖެހޭނެ ކަމަށް ޤަބޫލު ނުކުރާ ޖަމާޢަތެއް ކަމަށެވެ.

ޤައުމުތަކުގައި ހަމަ ނުޖެހުން ހިންގުވަން ސިޔާސީ، އިޤްޠިޞާދީ ވާދަވެރިން މިފަދަ ހަރުކަށި ޖަމާއަތްތަކުގެ އެހީތެރިކަން ހޯދަމުން ގެންދާކަން ދަނީ ފާހަގަކުރެވެމުންނެވެ.

މިއަދު އޮންލައިން