އައްޑޫލައިވްއިން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ކުނިކޮށި ސަރަހައްދުގައި ސައިކަލަކާއި ވޭނެއް ޖެހިގެން ކަމަށެވެ.
އެކްސިޑެންޓު ހިނގާފައިވަނީ ކުނިކޮށި ސަރަހައްދުގައި ގާއިމްވެފައިވާ ވެމްކޯ އޮފީހަށް، އެތަނުގެ މުވައްޒަފަކު ސައިކަލުން ވަންނަން އުޅެނިކޮށް ވޭނެއްގައި ޖެހިގެން ކަމަށާއި އެކްސިޑެންޓުވި ވޭނަކީ ފޭދޫގައި ހިންގަމުން އަންނަ މެޑިސިޓީގެ ވޭނެއް ކަމަށްވެސް ބުނެފައިވެއެވެ.
އައްޑޫސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެކްސިޑެންޓެއްގައި އަނިޔާވި ފިރިހެނަކާއި އަންހެނަކު މިއަދު މެންދުރުފަހު 14:30 ހާއިރު ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެދެމީހުންގެ ތެރެއިން ފިރިހެން މީހާ މަރުވެފައިވާ ކަމަށެވެ.
އަންހެން މީހާގެ ހާލު ރަނގަޅު ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
އައްޑޫ ލިންކު ރޯޑުގައި ހިނގި މިއެކްސިޑެންޓުގައި މަރުވެފައިވަނީ އައްޑޫގައި ހުންނަ ވެމްކޯ އޮފީހުގެ މުވައްޒަފެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ. މިއަދުގެ އެކްސިޑެންޓް ހިނގާފައި ވަނީ "މެޑި ސިޓީ" ވެހިކަލަކާއި ދެ ސައިކަލެއް ޖެހިގެންނެވެ. މަރުވީ ސައިކަލުގައި ތިބި ދެމީހުންގެ ތެރެއިން މީހެކެވެ.