ހުރަވީ ބިލްޑިންގ ހުސްކޮށް އެއިމާރާތުގައި ހިންގާ އޮފީސްތައް ބަދަލުކުރަން ޖާގަ ހޯދަނީ

ކިޔުމަށް ހޭދަވާނީ 55ސ
ހުރަވީ ބިލްޑިންގ ހުސްކޮށް އެއިމާރާތުގައި ހިންގާ އޮފީސްތައް ބަދަލުކުރަން ޖާގަ ހޯދަނީ

މާލޭގައި ހުރި ދުވަސްވެ، ބާވެފައިވާ ހުރަވީ ބިލްޑިންގް ހުސްކޮށް، ތަޅާލަން ނިންމާފައިވާ ކަމަށާއި އެ އިމާރާތުގައި މިހާރު ހިންގާ ދައުލަތުގެ އޮފީސްތައް ބަދަލުކުރާނެ ޖާގަ ހޯދަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

 

މީގެ 33 އަހަރު ކުރިން ހުޅުވި އެ އިމާރާތުގެ ޝީޓުން ބައެއް މިދިޔަ ހަފުތާގައި ވެސް ވެއްޓި، އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ސައިކަލްތަކަކަށް ވަނީ ގެއްލުންލިބިފައެވެ. އަދި މީގެ ކުރިން ވެސް އެފަދަ ހާދިސާތައް ހިނގައި މީހަކަށް ވެސް އަނިޔާވެފައިވެ އެވެ.

 

އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ޕްލޭނިންގ މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ހުރަވީ ބިލްޑިންގ އަދި ތަޅާނުލެވިފައި ހުރީ އެއިމާރާތުގައި ހިންގާ އޮފީސްތައް ބަދަލު ނުކުރެވިގެން ކަމަށެވެ.

 

އެ އިމާރާތުގައި ހިންގާ އޮފީސްތަކަކީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި އިމިގްރޭޝަނާއި ޓްރާންސްޕޯޓް އޮތޯރިޓީ އާއި މާލޭ ސިޓީ ކައުންސިލްގެ ބައެއް ޔުނިޓްތަކެވެ.

މިއަދު އޮންލައިން