މަރުވި މީހުންގެ އަދަދު 359އަށް! ލަންކާގަ ހަމަލާދިން އައިއެސް ޖަމާއަތުގެ މީހުންގެ ފޮޓޯ އައިއެސް އިން ޙާމަކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
މަރުވި މީހުންގެ އަދަދު 359އަށް! ލަންކާގަ ހަމަލާދިން އައިއެސް ޖަމާއަތުގެ މީހުންގެ ފޮޓޯ އައިއެސް އިން ޙާމަކޮށްފި

އާދިއްތަ ދުވަހު ލަންކާގައި ބޮމުގެ ހަމަލާތައް ދިން ހަމަލާދިން އައިއެސް ޖަމާއަތުގެ މީހުންގެ ފޮޓޯ އައިއެސް އިން ޙާމަކޮށްފި އެވެ. ފޮޓޯ އިން ފެންނަނީ 7 މީހުންނެވެ. އެއިގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި 6 މީހުން ތިބީ މޫނު ނިވާކޮށްގެންނެވެ. މޫނު ނިވާ ނުކޮށް އެސޯޓް ރައިފަލެއް ހުރިކަމަށް ބެލެވެނީ ލަންކާގެ ނޭޘަނަލަ ތައުޙީދު ޖަމާއަތުގެ ލީޑަރު ޒަހްރާން ހާޝިމީއެވެ.

ބެލެވޭ ގޮތުން 359 މީހުން މަރާލާފައިވާ މި ހަމަލާތަކަކީ އައިއެސް ބޭރު ޤައުމެއްގައި ހިންގި އޮޕަރޭޝަނެއްގައި އެންމެ ގިނަ މީހުން މަރައިލި ހަމަލާތަކެވެ. އައިއެސް އިން ބުނީ ހަމަލާތައް ދިނީ އެމެރިކާގެ ކޯލިޝަނުގެ މެންބަރުންނަށާއި ކްރިސްޓިއަނުންނަށް އަމާޒުކޮށްގެން ކަމަށެވެ.

"މާތްވެގެންވާ ހަމަލާގަ" އިސްކޮށް ހަރަކާތްތެރިވި ކަމަށް ބުނެ 8 މީހެއްގެ ނަން އައިއެސް އިން ވަނީ ހާމަކޮށްފައެވެ.

ހަމަލާ ތަކާއި ގުޅިގެން އިތުރު 18 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓައް ބުނެއެވެ. އެހެންކަމަށްވާނަމަ ހައްޔަރުކުރެވުނު މީހުންގެ އަދަދު މިވަނީ 42 އަށް އަރައިފައެވެ.

 

މިއަދު އޮންލައިން