މަޑިފުށީ ޕޮލިސް ސްޓޭޝަނުގެ ފަރާތުން ” ޕާރސެޕްޝަން ސާރވޭ ފޮރ ބިޒްނަސް ކޮމިއުނިޓީ 2019 ” ގެ ނަމުގައި ތ. މަޑިފުށީގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ސާރވޭއެއް ކޮށްފިއެވެ.
އެޕްރީލް 22 ވަނަ ދުވަހާއި 23 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސާރވޭގައި، ވިޔަފާރިވެރިންގެ ކަންބޮޑުވުން ތަކަކީ ކޮބައިތޯ އާއި ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުވާފައިވެއެވެ.
މީގެ އިތުރުން ވިޔަފާރިވެރިން ކަންބޮޑުވާ ކުށްތަކަކީ ކޮބައިތޯ އާއި އެފަދަ ކަންކަން ދިމާވުމުން އަމަލުކުރާގޮތުގެ މަޢުލޫމާތު އޮޅުންފިލުވާފައިވެއެވެ. އަދި ފުލުހުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުވައި އާއްމު ރައްޔިތުންގެ މުދާ ރައްކާތެރިކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި ދޭތެރޭގައި ދެކޭގޮތް އޮޅުންފިލުވާފައިވެއެވެ.
އަދި ފިހާރަ ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމާއި މެދު ވިޔަފާރިވެރިންގެ ޚިޔާލު ހޯދައި ވިޔަފާރިކުރާ ތަނުގެ ޗެކްލިސްޓެއް ހަދާފައިވޭތޯ ސުވާލުކޮށް މަޢުލޫމާތު ހޯދާފައިވެއެވެ. މަޑިފުށީގެ ވިޔަފާރިވެރިންގެ ފަރާތުން މި ސާރވޭއަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ.
ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރުމުގެ ގޮތުން އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ދަނީ ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.