ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް ޓްރެފިކް އެވެއަރނަސް ޕްރޮގްރާމެއް ހިނގައިފި

ކިޔުމަށް ހޭދަވާނީ 57ސ
ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް ޓްރެފިކް އެވެއަރނަސް ޕްރޮގްރާމެއް ހިނގައިފި

 ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމު ހާޞިލްކުރަމުންގެންދާ ދަރިވަރުންގެ ބެލެނިވެރިންނަށް ޓްރެފިކް އެވެއަރނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން އޭޕްރީލް 23 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި  އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި، ޤާނޫނުން ބާރުލިބިގެން ހެދިފައިވާ ޤަވާއިދުތަކާއި ބެހޭގޮތުން މަޢުލޫމާތުދީފައިވެއެވެ.

އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރެވިދާނެ ގޮތްތަކާއި، ޓްރެފިކް ކޮންޓްރޯލްކޮށް މެނޭޖްކުރުމާއި، މަގުމަތީގައި ހަރަކާތްތެރިވާއިރު އަމަލުތައް ބަހައްޓަންވީ އެންމެ ރަނގަޅުގޮތްތަކާއި ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން މަގުމަތީގައި އެއްގަމު އުޅަނދު ދުއްވަންވީ މިންގަނޑުތަކާއި، އެއްގަމު އުޅަނދު ޕާކު ކުރުމުގައި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތްތެރިވެ ފުލުހުންގެ ދައުރަކީ ކޮބާކަމާއި ޤާނޫނު ނަގަހައްޓަން ފުލުހުން ކުރަމުންގެންދާ މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތުދީފައިވެއެވެ

މި ޕްރޮގްރާމުގައި އެ ސްކޫލުގެ 58 ބެލެނިވެރިން ބައިވެރިވެފައިވެއެވެ.

މިއަދު އޮންލައިން