ނަޖިސް ފެނިގެން ބަންދުކުރި ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު އާއްމުންނަށް ހުޅުވާލައިފިއެވެ.
މިދިޔަ މަހުގެ ފަހުކޮޅުންފެށިގެން ބަންދުކޮށްފައިވާ ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު އަލުން ހުޅުވީ އެޗްޕީއޭގެ ކްލިއަރެންސް ލިބިގެން ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ މިހާރު މައްސަލަ ހައްލުކޮށްފައި ވާނެ ކަމަށާއި އަދި އެޗްޕީއޭއިން ހެދި ދެ ޓެސްޓުންވެސް ނުރައްކާތެރިކަމެއް އެސަރަހައްދުން ފެނިފައި ނުވާ ކަމަށެވެ.
މީގެކުރިން ވެސްޓް ޕާކް ހިންގި ދިމާލުން މޫދަށް ގުޅާފައި އޮންނަ ނަޖިސް ހޮޅިއަކުން ނަޖިސް ލީކުވެ ރަސްފަންނު ސަރަހައްދުގެ މޫދުން ގިނަ އަދަދަކަށް ނަޖިސް ފެނުމާ ގުޅިގެން އެސަރަހައްދު ބަންދުކުރިއެވެ.