މާރެސް އަތޮޅު ވޮލީ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ސެމީފައިނަލަށް ގޮއިދޫ، ކަމަދޫ، ކުޑަރިކިލު އަދި މާޅޮސް ދަތުރުކޮށްފި

ކިޔުމަށް ހޭދަވާނީ 53ސ
މާރެސް އަތޮޅު ވޮލީ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ސެމީފައިނަލަށް ގޮއިދޫ، ކަމަދޫ، ކުޑަރިކިލު އަދި މާޅޮސް ދަތުރުކޮށްފި

މާރެސް އަތޮޅު ވޮލީ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ސެމީފައިނަލަށް ގޮއިދޫ، ކަމަދޫ، ކުޑަރިކިލު އަދި މާޅޮސް ދަތުރުކޮށްފިއެވެ.

ބ. މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރްމެންޓް ސޮސައިޓީ (މާރެސް) އިން އެ އަތޮޅަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ކަމަދޫ ސެމީއަށް ދިޔަ އިރު، ކުޑަރިކިލު ސެމީއަށް ދިޔައީ އެ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ގްރޫޕު ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ފާއިތުވި އަހަރުގެ ޗެމްޕިއަން ގޮއިދޫ ދިޔަ އިރު، އެ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ މާޅޮހެވެ.

ސެމީގެ ފުރަތަމަ މެޗު މި މަހުގެ 25 ވަނަ ދުވަހު ކުޅޭ އިރު، ބައްދަލު ކުރާނީ ކަމަދޫ އާއި މާޅޮހެވެ. އަދި ސެމީގެ ދެވަނަ މެޗުގައި 26 ވަނަ ދުވަހު ބައްދަލު ކުރާނީ ގޮއިދޫ އާއި ކުޑަރިކިލެވެ.

މި މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މިމަހުގެ 27 ވާ ހޮނިހިރު ދުވަހުއެވެ.

މިއަހަރުގެ މުބާރާތުގައި ވާދަކޮށްފައިވަނީ ގޮއިދޫ، މާޅޮސް، ދަރަވަންދޫ ،ކުޑަރިކިލު، ކަމަދޫ އަދި ދޮންފަނެވެ.

މިއަދު އޮންލައިން