މާލޭ ގެއަކުން އެލުމިނިއަމް ކުޑަދޮރެއް މަގަށް ވެއްޓި ދެ ސައިކަލަކަށް ގެއްލުން ވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ގ. ކަމަރަގޭގެ ހަތަރުވަނަ ފަންގިފިލާއިން ކުޑަދޮރެއް ވެއްޓުނު ވަގުތު ދުއްވާފައި ދިޔަ ސައިކަލެއްގައި ވެސް ޖެހިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހަވީރު 17:50 ހާއިރެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް ދެ ސައިކަލަކަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.
މާލޭ ސިޓީ ކައުންސިލާއި ފުލުހުންގެ ފަރާތުން ވަނީ މިމައްސަލަ ހިއްސާ ކޮށްފައެވެ.