ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަކޮށްގެން ތަފާތު ޕްރޮގްރާމްތައް ރޭވުމާ ބެހޭ ގޮތުން ނައިބް ރައީސް، ސިންގަޕޫރާ މަޝްވަރާ ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަކޮށްގެން ތަފާތު ޕްރޮގްރާމްތައް ރޭވުމާ ބެހޭ ގޮތުން ނައިބް ރައީސް، ސިންގަޕޫރާ މަޝްވަރާ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ޤައުމުގެ މިނިސްޓަރ ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ޑެޒްމޮންޑް ލީއާ ބައްދަލު ކުރައްވައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަކޮށްގެން ތަފާތު ޕްރޮގްރާމްތައް ރޭވުމާ ބެހޭ ގޮތުންނާއި، އެ ދާއިރާއިން މަޢުލޫމާތާއި ތަޖުރިބާ ހިއްސާ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ. 

މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލު ކުރެއްވުމުގައ ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެ ޤައުމަށް ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރައްވައިފައެވެ.  

މި ބައްދަލު ކުރެއްވުމުގައި، ސިންގަޕޫރުގެ މިނިސްޓަރ ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ވަނީ، ސިންގަޕޫރުން އަބަދުވެސް ދިވެހިރާއްޖެއަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިއަދު އޮންލައިން