ލަންކާގެ އުތުރުގެ 3 ސަރަހައްދެއް ކަމަށްވާ ކަލްމުނައި، ޗަވަލަކަޑެ، އަދި ސައްމަންތުރައި ގައި ހިންގި އޮޕަރޭޝަނެއްގަ ގިނަ އަދަދެއްގެ ހަތިޔާރާ އައިއެސް ޔުނިފޯމްތަކެއް ހޯދައިފި އެވެ.
ބައެއް ނޫސްތަކުގައި ބުނެފައިވަނީ ސައްމަންތުރައި ސަރަހައްދު ޗެކްކޮށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކުރަން ފުލުހުންނާއި ނޭވީންގެ ބައަކު ދިއުމުން ޓެރަރިސްޓް ގޭންގަކުން ހަމަލާދީފައިވާ ކަމަށެވެ. ދެބައިމީހުންގެ މެދުގައި ހަމަލާތައް ބަދަލުކުރެވުނު ކަމަށާއި ފަހުން ޢާމީންވެސް އޮޕަރޭޝަނުގައި ބައިވެރިވި ކަމަށެވެ.
"ސަރަހައްދުތަކުގައި މިހާރު ވަނީ ކާފިޔު ހިންގާފަ. އޮޕަރޭޘަނުގަ ބައެއް ޢާންމުންވެސް މަރުވެފައިވޭ. އަދި ގޭންގުގެ ބައަކުވެސް ވަނީ މަރުވެފަ. އަދިވެސް އޕަރޭޝަންތައް ދަނީ ކުރިއަށް." ކަމަށްވެސް ބބުނެފައިވެއެވެ.
https://www.facebook.com/watch/?v=379481905987351