އެމެރިކާއިން ލަންކާއަށް 480 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން ނިންމައިފި ކަމަށް ލަންކާގެ މާލީ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނެފައިވަނީ މި ހިލޭ އެހީ ބޭނުންކުރެވޭނީ ލަންކާގައި މިހާރު ފަށާފައިވާ 3 މަޝްރޫއެއް ކުރިއަސް ގެންދަން ކަމަށެވެ. އަދި މަޝްރޫތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރޭގައި މަގު ހެދުމާއި ދަތުރުފަތުރުކުރުމާއި ރޭލުގެ ޚިދުމަތް ފުރިހަމަކުރުން ހިމެނޭ ކަމަށެވެ.
ސްރީލަންކާއަށް ކުރިމަތިވި ޓެރަރިޒަމްގެ މައްސަލަތަކާއި ގުޅިގެން ޤައުމުގެ އިޤްޠިޞާދަށް ވަރަށް ބޮޑު ހީނަރު ކަމެއް އަންނާނެ ކަމަށް ވަނީ ބެލެވިފައެވެ.