ލަންކާއިން ހައްޔަރު ކުރި 2 ދިވެއްސެއްގެ ބަންދަށް މައުންޓް ލެވޭނިއާ ކޯޓުން 13 ދުވަސް ޖަހައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިދެމީހުންނަކީ ދިރިއުޅޭ ގެއިން އައިއެސްގެ މައުލޫމާތު ހުރި ފޮތެއް ފެނިގެން އިއްޔެ ނުގޭގޮޑާ އިން ހައްޔަރު ކުރިދެމީހުންނެވެ.
މީގެތެރެއިން އެކަކީ ލަންކާގައި ޕޮލިޓިކަލް ސައިންސް ކިޔަވާމީހެކެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސިއިން ބުނެފައިވަނީ ހައްޔަރުކުރި ފަރާތްތަކާއި އެކު، އެމްބަސީގެ ބައެއް ފާރަތްތައްވެސް ކޯޓަށް ހާޒިރުވެ ތިބި ކަމަށެވެ.