ނޭޝަނަލް ތައުހީދު ޖަމާއަތާއި މިއްލަތު އިބްރާހިމް ޖަމާއަތް ލަންކާގައި މަނާކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 26ސ
ނޭޝަނަލް ތައުހީދު ޖަމާއަތާއި މިއްލަތު އިބްރާހިމް ޖަމާއަތް ލަންކާގައި މަނާކޮށްފި

ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އާއި މިއްލަތު އިބްރާހީމް ޖަމާއަތް ލަންކާގައި މަނާކޮށްފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ލަންކާގެ އިސްލާމީ މި ދެ ޖަމާއަތް މަނާކުރީ އެގައުމުގެ ރައީސް މައިތުރިޕާލާ ސިރިސޭނާއެވެ.

މި ދެ ޖަމާއަތަކީ ވެސް މިމަހުގެ 21 ވަނަ ދުވަހު ލަންކާއަށް ބޮމުގެ ހަމަލާ ދިން ކަމަށް ތުހުމަތުކޮށްފައިވާ ދެ ޖަމާއަތެވެ.

މި ނުރައްކާތެރި ޓެރެރިސްޓް ހަމަލާގެ ޒިންމާ ހައްދުފަހަނަ އަޅާފައިވާ އައިއެސް އިން ވަނީ އުފުލައިފައެވެ.

 

މިއަދު އޮންލައިން