ލަންކާގެ ސަލާންޖަހާ މީހުންވެސް މުސްލިމުންގެ ސިފައިގަ ތިބޭ އަންހެނުން ބާކީކޮށްލައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
ލަންކާގެ ސަލާންޖަހާ މީހުންވެސް މުސްލިމުންގެ ސިފައިގަ ތިބޭ އަންހެނުން ބާކީކޮށްލައިފި!

ލަންކާގެ ސަލާންޖަހާ މީހުންވެސް މުސްލިމުންގެ ސިފައިގަ ތިބޭ އަންހެނުން ބާކީކޮށްލައިފިއެވެ. 

ލަންކާގައި ދިރިއުޅެމުންދާ ދިވެހި އަންހެނަކު ބުނީ އޭނާ މާރުކޭޓަށްދާ ދުވަސްދުވަހު އެތަނުގެ ކަނެއްގައި އިންނަ އެއް އަތްވެސް ނުހުންނަ ފަޤީރަކަށް އެހީވާ ކަމަށާއި ކުރިން މާދުރުންސުރެ އިންނަނީ ހެދިލިގެން އިންތިޒާރުގައި ކަމަށެވެ. ނަމަވެސް ބޮން ގޮއްވި ފަހުން ކައިރިން ފެނުނު ނަމަވެސް މޫނު އަނބުރާލަނީ ދުރަށް ކަމަށެވެ. 

އޭނާ ބުނީ ބުރުގާ އަޅައިގެން ހުރެއްޖެ ނަމަ އޮޓޯއެއްވެސް މަޑު ނުކުރާކަމަށެވެ. އަދި ފިހާރައަކަށް ވަން ނަމަވެސް ބާކީކުރާ ކަމަށެވެ. "ރެސްޓޯރަންޓަކަށް ވަން ނަމަވެސް ހީވަނީ ބޮޑު ބިރެއް ފެނިގެން ދުރަށްޖެހޭހެން. އެހައިވެސް ބޮޑަށް އަހަރެމެން މިތިބީ ބާކީކޮށްލާފަ." 

އޭނާ ބުނީ މިހާރު އޮތް އެންމެ ރަނގަޅު ގޮތަކީ އެނބުރި ރާއްޖެ ދިއުން ކަމަށާއި ނަމަވެސް އަހަރުގެ މެދުތެރެވުމުން ދަރިންގެ ތައުލީމަށް ކުރާނެ ނޭދެވޭ އަސަރަށް ބަލައި މަޑުކުރަނީ ކަމަށެވެ. "ކިރިޔާވެސް ގޮތެއް އޮތްނަމަ ބުނިހައި ގޮތެއް ހަދައިގެންވެސް ދަރިންގެ ތައުލީމާއިމެދު ވިސްނަން މަޖުބޫރުވާތީ މިތިބެނީ." ކަމަށްވެސް ބުނެފައިވެއެވެ.

 

 

 

 

 

މިއަދު އޮންލައިން