އައުރަ ނިވާކޮށްގެން ނުއުޅެވޭވަރަށް ކަންތައް ގޯސްވެއްޖެ ނަމަ އޮތީ އެރަށަކުން ފޭބުން! - ކަންފަތް ނިވާކުރަން ޖެހޭނެ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އައުރަ ނިވާކޮށްގެން ނުއުޅެވޭވަރަށް ކަންތައް ގޯސްވެއްޖެ ނަމަ އޮތީ އެރަށަކުން ފޭބުން! - ކަންފަތް ނިވާކުރަން ޖެހޭނެ!: ޑރ. އިޔާޟް

"އަންހެން ކަނބަލުންގެ މޫނު ނިވާކުރުމާއި ނުކުރުމުގެ އިޚްތިޔާރު އެކަނބަލުންނަށް އެބަ އޮތެވެ. އެހެން ނަމަވެސް ކަންފަތް ނިވާ ނުކޮށް އުޅުމުގެ އިޚްތިޔާރެއް ނެތެވެ. އެރަށެއްގައި އައުރަ ނިވާކޮށްގެން ނުއުޅެވޭވަރަށް ކަންތައް ގޯސްވެއްޖެނަމަ އެރަށެއްގައި އިތުރަށް ތިބުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

މުސްލިމުންގެ ނަމުގައި ތިބެ އިސްލާމް ދީން ހުއްދަ ނުކުރާ، ހަރުކަށި އަމަލުތައް ހިންގާ ފަރާތްތަކާއިމެދު ޑރ. އިޔާޟް ވިދާޅުވެފައިވަނީ: 

"މުސްލިމުންގެ ނަމުގަ ޔަހޫދީ ޕްރޮޕަގެންޑާ ފަތުރާ ބައަކު ކުރާ ކަމެއް ކަމަށް ޤަބޫލުކުރެވެނީ. ބޭނުމަކީ މުސްލިމުންނަށް ތަފާތު ގޮތްގޮތުން އުނދަގޫ ކުރިމަތިކުރުވުން. މާތް ﷲ މުސްލިމުންނަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވަވާށި. އާމީން!"

ޑރ. އިޔާޟްގެ މި ބަސްފުޅުން އެނގެނީ ﷲ އަށްބިރުވެތިވާ މުސްލިމް އަންހެނުންނަށް މިހާރު އޮތީ ސްރީލަންކާ ދޫކޮށް އެކަނބަލުންގެ އަޢުރަ ނިވާކޮށްގެން އުޅެވޭނެ ޤައުމަކަށް ބަދަލުވުން ކަމެވެ. ޤިޔާމަތް ދުވަހު ﷲ ތަޢާލާ ބައްލަވައިވޮޑިގަންނަވާނީ ސްރީލަންކާގެ ސަރުކާރުން ހަދާ ޤަވާއިދުތަކަކަށް ނޫން ކަމަށްވެފައި ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށް ކަމުގައިވާތީއެވެ.

މިއަދު އޮންލައިން