ޝައިޚުން ދެކެ ކިތަންމެ ރުޅިއައި ނަމަވެސް ހަމައިގަ ތިބުމަށް ޑރ. އިޔާޟް ގޮވާލައްވައިފި.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ޝައިޚުން ދެކެ ކިތަންމެ ރުޅިއައި ނަމަވެސް ހަމައިގަ ތިބުމަށް ޑރ. އިޔާޟް ގޮވާލައްވައިފި.

އިސްލާމް ދީން ދިފާޢުކޮށް މަތިވެރިކޮށް ނަގަހައްޓަން ދީނީ ޢިލްމުވެރިން މަސައްކަތްކުރައްވާތީ، ޝައިޚުން ދެކެ ކިތަންމެ ރުޅިއައި ނަމަވެސް ހަމައިގައި ތިބުމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފެ ގޮވާލައްވައިފި އެވެ. 

ޑރ. އިޔާޟް ވަނީ "ތިމާމެން އަމިއްލައަށް ހަރުކަށި ފިކުރުގެ ކުދިންނަށް ފަންޑުކޮށްދީ އެކުދިންނަށް ހިތްވަރުދީފައި، ކީއްކުރަވަންތޯ ޝައިޚުންގެ ބޮލަށް ޖައްސަވަނީ؟ ކޮން ޝައިޚެއްތޯ ހަރުކަށި ފިކުރަށް ތާއީދުކުރައްވަވައި ވާހަކަ ދެއްކެވީ؟ ނުވަތަ ކަމެއް ކުރެއްވީ؟" ސުވާލު ކުރައްވައިފައެވެ. 

ޑރ. އިޔާޟް މިމޭރުމުން ސުވާލުތައް ކުރައްވާފައިވާއިރު ޝައިޚުންގެ އިސްތަށިފުޅުގައި އަޅުވާ އެފަދަ އެއްވެސް ތުހުމަތެއް އެއްވެސް ފަރާތަކަށް އަދި މިހައިތަނަށް ސާބިތުކޮށް ދެވިފައެެއް ނުވެއެވެ. ރާއްޖޭގެ ދީނީ އަބަދުވެސް ގޮވާލައްވަމުން ގެންދަވަނީ ހަރުކަށި ފިކުރުތަކަށް ތަބައަ ނުވުމަށެވެ. ޝަރީޢަތް ކުރުމަކާއި ނުލައި ދީނުގެ ނަމުގައި އެއްވެސް މީހަކަށް ގެއްލުން ދިނުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ. 

ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ އިސްތަށިފުޅުގައި ހަރުކަށިފިކުރުގެ އިލްޒާމްތައް އަޅުވަމުން ގެންދަނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތަށް ކަންކަމުގައި އަމަލުކުރަން ގޮވާލައްވާތީ ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމާއި ގުޅިގެން ޝައިޚުންނަށް ފުރައްސާރަކޮށް ޝައިޚުން ކޮންމެ ގޮތަކަށް ލޭބަލް ކުރި ނަމަވެސް އެއީ އިސްލާމް ދީނުގައި އޮތްގޮތެވެ.  

"ތިމާމެން އަމިއްލައަށް ހަރުކަށި ފިކުރުގެ ކުދިންނަށް ފަންޑުކޮށްދީ އެކުދިންނަށް ހިތްވަރުދީފައި، ކީއްކުރަވަންތޯ ޝައިޚުންގެ ބޮލަށް ޖައްސަވަނީ؟ ކޮން ޝައިޚެއްތޯ ހަރުކަށި ފިކުރަށް ތާއީދުކުރައްވަވައި ވާހަކަ ދެއްކެވީ؟ ނުވަތަ ކަމެއް ކުރެއްވީ؟ ޝައިޚުން ދެކެ ރުޅިއައި ނަމަވެސް ހަމައިގަ ތިއްބަވާ!"

 

މިއަދު އޮންލައިން