ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އަންނަ ރޯދަ މަހު ކުނި އުކާލުމުގެ ހިދުމަތްދޭ ގަޑިތައް މިއަދު އިއުލާންކޮށްފިއެވެ.
ވެމްކޯއިން ބުނެފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރު ފަހު 2:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 7:00 އިން މަސައްކަތް ނިމެންދެން ގޭބިސީތަކުން ރޯދަ މަހު ކުނި އުކާލުމަށް އެ ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި ހުކުރު ދުވަހު ހިދުމަތް ދެނީ ހެނދުނު 10:00 އިން 11:30 އަށް، އަދި މެންދުރު ފަހު 1:30 އިން ހަވީރު 4:00 އަށް ހިދުމަތް ދޭނެކަމަށެވެ. އަދި ހުކުރު ދުވަހުގެ ރޭގަނޑު ހިދުމަތްދޭނީ 7:00 އިިން 12:30 އަށް ކަމަށެވެ.
މީގެއިތުރުން ކޮމާޝަލްކޮށް ކުނި އުކާލަދޭ ވަގުތުތަކަކީ ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށް، އަދި ރޭގަނޑު 10:00 އިން ފަތިހު 4:00 އަށެވެ. އަދި ހުކުރު ދުވަހު އެ ހިދުމަތް ދެނީ މެންދުރު ފަހު 1:30 އިން ހަވީރު 5:00 އަށް، އަދި ރޭގަނޑު 10:00 އިން ފަތިހު 4:00 އަށެވެ.
ވެމްކޯގެ ކޯޕަރޭޓް އަދި ރީޖަނަލް އޮފީސްތައް ރޯދަމަހު ހުޅުވާފައި ހުންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން މެންދުރު 1:00 އަށެވެ.