"މިރެއަކީ ރަމަޟާން މަހުގެ ފުރަތަމަ ރޭ ކަމަށް ކުރިއާލައި ހަމަޖެހިފައި އޮތުމުން މިއަދު އިރުއޮއްސުމާއިއެކު މާދަމާ ރޯދައަށް ހުރުމަށް ނިޔަތް ގަނެވޭނެއެވެ. ކޮންމެ ދުވަހެއްގެ އިރު އޮއްސުމުން އަނެއް ދުވަހު ރޯދަ އަށް ހުރުމަށް ނިޔަތް ގަނެވޭނެއެވެ. އަދި މުޅި ރަމަޟާން މަހުގެ ހުރިހާ ދުވަހެއްގައި ރޯދައަށް ހުރުމަށް ނިޔަތް ގަތުމަށްފަހު އެކަމުގައި (ރޯދަ ހިފުން މަތީގައި) ސާބިތުވެ ހުރުމުން ވެސް ފުދޭނެއެވެ. މިއިން ކޮންމެ ގޮތަކީވެސް ހަމަ ނިޔަތް ގަތުމެވެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ރަމަޟާން މަސް އައުމުން ގިނަ ބައަކު އަދިވެސް ކަންބޮޑުވާ އެއްކަމަކީ ނިޔަތްގަތުމެވެ. ހަނދާން ނެތި ނިޔަތް ނުކިޔުމާއި ނިޔަތް ނުގަނެވުމުގެ މައްސަލަތައް ބޮޑުވެގެންދެއެވެ. އެއްވެސް ކަމެއް ކުރަން ދުލުން ނިޔަތް ކިޔުމެއް ނެތެވެ. އޮތީ ހިތުން ނިޔަތް ގަތުމެވެ. އެއީ އެކަމެއް ކުރަން ހިތަށް އެރުވުމެވެ.

ނިޔަތް ގަތުމަކީ މިހައި ފަސޭހައިން ކުރެވޭނެ ކަމެއްގެ ގޮތުގައި އޮތް އިރު ކޮންމެހެން ހާރުކައި ނިމިގެން އަދި ފަހު ފެންތަށި ވެސް ބުއިމަށްފަހު އެންމެ ފަހު ކަމެއްގެ ގޮތުން ނިޔަތްގަންނަން މަޑުކުރުމެއް ނެތެވެ.