ލަންކާއަށް ޤަވާއިދާ ޚިލާފަށް އެތެރެކުރި ސިނގިރޭޓުތަކެއް ބޭނުންކޮށްގެން 3 ދިވެއްސަކު ހައްޔަރުކޮަށްފި!

ކިޔުމަށް ހޭދަވާނީ 1މ 2ސ
ލަންކާއަށް ޤަވާއިދާ ޚިލާފަށް އެތެރެކުރި ސިނގިރޭޓުތަކެއް ބޭނުންކޮށްގެން 3 ދިވެއްސަކު ހައްޔަރުކޮަށްފި!

 

ޝްރީލަންކާއަަށް ޤަވާއިދާ ޚިލާފަށް އެތެރެކުރި ސިނގިރޭޓުތަކެއް ބޭނުން ކޮށްގެން ތިން ދިވެއްސަކު އިއްޔެގެ ވަގުތެއްގައި ހައްޔަރު ކޮށްފިއެވެ.

ލަންކާއަށް ދާ މީހުން އެ ޤައުމަށް ސިނގިރޭޓް އެތެރެކުރުމަކީ، ލަންކާގެ ކަސްޓަމްސް ގަވާއިދު ބުނާ ގޮތުގައި މަނާ ކަމެކެވެ.

މިކަމާއި ގުޅޭގޮތުން "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ޑައިރެކްޓާރ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ ލަންކާގައި ދިރިއުޅޭ ތިން ދިވެއްސަކު އިއްޔެގެ ވަގުތެއްގައި އެޤައުމުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ކަމަށާއި މިހާރު އެމީހުން ދޫކޮށްލާފައިވާ ކަމަށެވެ.

"އަޅުގަނޑު މިފުރުސަތުގަ ވަރަށް ބޮޑަށް އިލްތިމާސް ކުރަން ލަންކާގައި ދިރިއުޅުއްވާ ހުރިހާ ދިވެހިން ވެސް އެޤައުމުގެ ޤާނޫނާއި ޤަވާއިތަކަށް ބޯލަނބާ، އެޤާނޫނާއި އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް" މިއުވާން ވިދާޅުވިއެވެ.

ލަންކާއަށް ދާ މީހުން އެޤައުމަށް ސިނގިރޭޓު އެތެރެ ކުރުން މަނާކޮށްފައިވާއިރު ވެސް، ވަރަށް ގިނަ ދިވެހިން އެޤައުމަށް ސިނގިރޭޓް ގެންދެ އެވެ. އެގޮތުން ސިނގިރޭޓް ކާޓަން ވެސް އެތެރެކުރެ އެވެ.

ލަންކާ ކަސްޓަމްސް އިން އެ އަތުލައިގެންފި ނަމަ ކޮންމެ ސިނގިރޭޓު ކާޓަނަކަށް 6،000 ސްރީ ލަންކާ ރުޕީސް ( 522ރ.) އިން ޖޫރިމަނާ ކުރެ އެވެ.

މިއަދު އޮންލައިން