ކުރިމަތިވެދާނެ ނުރައްކަލަކާ ކުރިމަތި ލުމަށް ސަލާމަތީ ޚިދުމަތްތަކުގެ ގާބިލުކަން އިތުރުކުރަން ދަނީ މަސައްކަތް ކުރަމުން: މާރިޔާ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ކުރިމަތިވެދާނެ ނުރައްކަލަކާ ކުރިމަތި ލުމަށް ސަލާމަތީ ޚިދުމަތްތަކުގެ ގާބިލުކަން އިތުރުކުރަން ދަނީ މަސައްކަތް ކުރަމުން: މާރިޔާ

ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކަލަކާ ކުރިމަތި ލުމަށް ސަލާމަތީ ހިދުމަތްތަކުގެ ގާބިލުކަން އިތުރުކުރަން މަސައްކަތް ކުރަމުންދާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިޔާ މިހެންވިދާޅުވީ އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ރާއްޖޭގެ ހަތިޔާރު އެޅި ފައުޖުތަކާއި ސަލާމަތީ އެެހެން އެޖެންސީތައް އޮޕަރޭޝަނަލް ލެވެލްގައި ތައްޔާރަށް ތިބޭ މިންވަރު އިތުރު ކުރުމަށާއި ނުރައްކަލާ ކުރިމަތިލުމުގައި ގާބިލްކަން އިތުރު ކުރަން މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ލަންކާއަށް ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާތަކަށް ފަހު އެފަދަ ހަމަލާއެއް ރާއްޖެއަށް ކުރިމަތިވުގެެ ބިރު އެބައޮތްތޯ އެ ނޫހުން ސުވާލުކުރުން ޖަވާބުގައި މާރިޔާ ވިދާޅުވީ އެފަދަ ހަމަލާއެއް ދޭން އުޅޭކަން އެނގިފައިނުވާ ކަމަށާއި އެހެން ނަމަވެސް އެފަދަ ކަމަކަށް ތައްޔާރުވުމަށް ސިފައިން ތަމްރީންތައް ހަދަމުންދާ ކަމަށެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް މި ސަރަހައްދުގެ ގައުމުތަކުން އެއްބާރުލުން ދޭން ޖެހޭ ކަމަށާއި އެގޮތުން އިންޓެލިޖެންސް މައުލޫމާތުތައް އެއް ގައުމު އަނެއް ގައުމަށް ހިއްސާކޮށް ޑިފެންސް ސެކިއުރިޓީއާ ސަޕޯޓް ދޭން ޖެހޭކަމަށެވެ.

އަދި މީގެއިތުރުން ހައްދު ފަހަނަޅައިދާ މީހުންގެ ވިސްނުން ބަދަލުކޮށް މުޖުތަމަ އަށް އަނބުރާ ގެންނަން ހިންގާނެ ޕްރޮގްރާމެއް ސަރުކާރުން މިހާރު ފަރުމާ ކުރަމުން އަންނަ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

 

މިއަދު އޮންލައިން