ލަންކާގައި އަނެއްކާވެސް ކާފިއު އިއުލާން ކޮށްފި

ކިޔުމަށް ހޭދަވާނީ 55ސ
ލަންކާގައި އަނެއްކާވެސް ކާފިއު އިއުލާން ކޮށްފި

އަވަށްޓެރި ޝްރީ ލަންކާގައި އަނެއްކާވެސް ކާފިއު އިއުލާން ކޮށްފިއެވެ. 

ލަންކާގައި ހުންނަ ރާއްޖޭ އެމްބަސީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިރޭ 21:00 ން ފެށިގެން މާދަމާ ފަތިހު 4:00 އާއި ހަމައަށް ޝްރީ ލަންކާ ގައި ކާފިއު އިއުލާނު ކޮށްފައިވާ ކަމަށެވެ. 

ކާފިއު ގަޑިތަކުގައި ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން ބޭރަށް ނިކުމެގެން ނުއުޅުމަށާއި އެޤައުމުގެ ސަރުކާރުގެ އިރުޝާދުތަކަށް ސަމާލުވުމަށް ވެސް އެމްބަސީން އިލްތިމާސް ކޮށްފައިވެއެވެ. 

ޝްރީ ލަންކާގައި މިރޭ ކާފިއު އިއުލާން ކޮށްފައިވާއިރު، އެޤައުމުގެ މުސްލިމުން ވިޔަފާރިކުރާ ގިނަ ތަންތަނަށާއި ބައެއް މިސްކިތްތަކަށް ހަމަލާދީ އެތަންތަން ފުނޑު ފުނޑު ކުރަމުން އަންނަ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިއަދު އޮންލައިން