ރޯދަ ނުހިފިގެނަ ފިދުޔަ ދޭން ޖެހޭ ހާލަތުގައި ފިދުޔައަކީ ގެއްލިފައިވާ ކޮންމެ ރޯދައަކަށް އެއް އިރު މިސްކީނަކަށް ކާން ދިނުމެވެ. ފައިސާއިން ބަލާނަމަ އެކި ޤައުމުތަކުގައި ، އެކި ރަށްރަށުގައި އަދަދު ތަފާތުވާނެއެވެ. ފައިސާގެ އަދަދު ބަލަން ޖެހޭނީ އެ ރަށެއްގައި ކެއުމުގެ އަގު ހުންނަ ގޮތުން އެއް އިރު ބަނޑުފުރައި ކެވޭނެ މިންވަރަށެވެ.
ފިދުޔަ ދިނުމަށްޓަކައި ދޭން ޖެހޭނީ އެއް އިރުގެ ކޮތެވެ. އެއް ދުވަހުގެ ކޮއްތެއް ނޫނެވެ.