ދެ "ކުޑަ ކުއްޖަކު" އެއްބައިވެގެން 9 އަހަރުގެ ކޮއްކޮއަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

ކިޔުމަށް ހޭދަވާނީ 41ސ
ދެ "ކުޑަ ކުއްޖަކު" އެއްބައިވެގެން 9 އަހަރުގެ ކޮއްކޮއަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

ދެ ބޭބެއިން ވެގެން އުމުރުން ނުވަ އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އެކުޑަ ކުއްޖާއަށް ޖިންސީ ފުރައްސާރަ ކޮށްފައިވަނީ އުމުރުން 13 އަހަރާއި 16 އަހަރުގެ "ކުޑަ" ދެ ކުދިންނެވެ.

މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭ 22:40 ހާއިރު އަތޮޅުތެރެއިން ކަމަށް އޮފިޝަލު ވިދާޅުވެފައިވީ ނަމަވެސް، މިހާދިސާ ހިނގީ ކޮންރަށެއްގައި ކަމެއް ފުލުހުން ހާމަ ކުރައްވާފައެއް ނުވެއެވެ. އަދި އެއީ ކޮން ރޭޕް ކުރީ ކޮން ޖިންސެއްގެ ކުއްޖެއްކަމެއް ވެސް ފުލުހުން ބުނެފައެއް ނުވެއެވެ.

މިއީ ކުޑަކުދިންތަކެއް ހިމެނޭ މައްސަަލައެއް ކަމަށްވާތީ، ފުލުހުން މިމައްސަލަ ތަހުގީގު ކުރަމުންދަނީ ޖެންޑާ މިނިސްޓްރީ އާއި ގުޅިގެންނެވެ.

 

މިއަދު އޮންލައިން