ބެޑްމިންޓަން ކޮމްޕްލެކްސްއެއް އައްޑޫ ސިޓީ ގައި އެޅުމަށް ބަޔަކާ ހަވާލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ބެޑްމިންޓަން ކޮމްޕްލެކްސްއެއް އައްޑޫ ސިޓީ ގައި އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ބެޑްމިންޓަން ކޮމްޕްލެކްސްއެއް އައްޑޫ ސިޓީގައި އެޅުމަށް ބަޔަކާ ހަވާލުކޮށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކޮށްފައި ވަނީ އައްޑޫ ޕީޕަލްސް ކޯޕަރޭޓް ސޮސައިޓީ (އޭޕީސީ) އާ އެވެ. އޭޕީސީއަކީ ކައުންސިލްގެ 51 ޕަސަންޓް ހިއްސާ އާއި އައްޑޫ ރައްޔިތުން 49 ޕަސަންޓް ހިއްސާ އޮންނަ ގޮތަށް 2016 ގައި އުފެއްދި ކޯޕަރޭޓިވެކެވެ.

މިއެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. އޭޕީސީގެ ފަރާތުން ސޮއިކުރެއްވީ ޝަމާ އަބްދުﷲ އެވެ.

ބެޑްމިންޓަން ކޮމްޕްލެކްސްއަކީ 4 ބެޑްމިންޓަން ކޯޓް އެކުލެވޭ ގޮތަށް ބެޑްމިންޓަން ހޯލަކާއި ބައިނަލްއަގްވާމީ މުބާރާތްތައް ކުޅެވޭ ގޮތަށް އިތުރު ވަސީލަތްތައް ހިމެނޭ ގޮތަށް ދެ ބުރި އަށް ހަދާ ތަނެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ހިތަދޫ ޔޫތު ސެންޓަރު އިމާރާތް ހުރި ބިމުގައި ހަދާ ބެޑްމިންޓަން ކޮމްޕްލެކްސްގެ މަޝްރޫއަށް 6،061،191.4ރ. ހަރަދުވާ އިރު މަސައްކަތް ފަށާތާ 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

މިއަދު އޮންލައިން