މަޖިލީހުގެ ރައީސާއި ނާއިބު ރައީސް އިންތިޚާބުކުރާ ޖަލްސާ އަންނަ އަންގާރަ ދުވަހަށް އެޖެންޑާކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
މަޖިލީހުގެ ރައީސާއި ނާއިބު ރައީސް އިންތިޚާބުކުރާ ޖަލްސާ އަންނަ އަންގާރަ ދުވަހަށް އެޖެންޑާކޮށްފި

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބުރައީސް އިންތިޚާބުކުރުމުގެ ޖަލްސާ އަންނަ އަންގާރަ ދުވަހުގެ ރޭ ބޭއްވުމަށް އެޖެންޑާކޮށްފިއެވެ.

އާ މަޖިލީހުގެ ރައީސާއި ނާއިބުރައީސް އިންތިޚާބު ކުރުމަށް ޖަލްސާ ބޭއްވުމަށް ވަނީ އަންގާރަ ދުވަހުގެ ރޭ 10:30 ގައެވެ. މިޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމެވެ. އެއީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރުގެ ހައިސިއްޔަތުންނެވެ.

މިހާތަނަށް މަޖިލީހުގެ ރައިސް ކަމަށް އެމްޑީޕީގެ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އަދި އިތުރުން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.

މިބޭފުޅުންގެ ތެރެއިން މަޖިލިހުގެ ރައީސް ކަމަށް އެންމެ އެކަށީގެންވަނީ މުހައްމަދު އަސްލަމް ކަމަށް ރައީސް ނަޝިދު ބުނެފައިވާއިރު ރައީސް ސޯލިހް ވިދާޅުވެފައިވަނީ މަޖިލިހުގެ ރައީސް ކަމަށް އެންމެ އެކަށީގެންވަނީ އަފީފް ކަމަށެވެ.

 

މިއަދު އޮންލައިން