އަބަދުވެސް އެންމެ ގިނައިން އިވޭ އެއް އަޑަކީ ކީރިތި ޤްރްއާނަށް އަމަލުކުރުމުގެ ވާހަކައެވެ. އެކަމަށް ދައުލަތުން ރައްޔިތުންނަށް ގޮވައިލާ ގޮވާލާ އަޑެވެ. ކިތަންމެހައިވެސް މަތިވެރި އަޑެކެވެ. އެންމެ ގިނައިން އިވެން ޖެހޭނެ ވެސް އަޑެވެ.
ނަމަވެސް ސުވާލަކީ ކީރިތި ޤްރުއާނަށް އަމަލުކުރަން މީސްތަކުންނަށް އަންގާއިރު ކީރިތި ޤްރުއާނަށް ދައުލަތުން އަމަލުކުރަނީ ކިހައިވަރަކަށް ހެއްޔެވެ؟ ކީރިތި ޤްރްއާނާއި ކަނޑައެޅިގެން ޚިލާފަށް އަމަލުކުރަން ޤާނުނުތައް ފާސްކޮށް އެ ޤާނޫނުތަކަށް ރައްޔިތުން ލައްވައި އަމަލުކުރުވުން ދައުލަތަށް ހުއްދަވެގެންވޭ ހެއްޔެވެ؟ އެ ޤާނޫނުތައް ފާސްކުރި މަޖިލިސް މެންބަރުންނާއި އެ ޤާނޫނުތައް ތަންފީޒުކުރާ ދައުލަތުގެ ވެރިން ޤިޔާމަތް ދުވަހު ޖަވާބުދާރީވާން ޖެހޭނީ ﷲ ތަޢާލާއަކަށް ނޫން ހެއްޔެވެ؟
ހިނގަމުން މިދަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކެވެ. ކީރިތި ޤްރުއާން ކިޔެވުމާއި މާނަ ދަސްކުރުމާއި ކީރިތި ޤްރުޢާނަށް އަމަލުކުރުމާއި އަދި ކީރިތި ޤްރްއާން މަތިވެރިކަމުގެ ވާހަކަތައް ވަރަށް ގިނައިން އެބަ ދެކެވެއެވެ. ނަމަވެސް ހުރިހާ ވާހަކަތަކެއްވެސް އަމާޒުކުރަނީ ރައްޔިތުންނަށެވެ. ދައުލަތަށް އަމާޒުކޮށް އެއްވެސް ވާހަކައެއް ދެކެވޭ އަޑެއް ނުއިވެއެވެ. އަދި ބަޔާން މިކުރި ފަދަ ޤާނޫނުތަކުގެ ވާހަކަތައް ދެކެވޭ އަޑެއްވެސް ނުއިވެއެވެ.
އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ޤަބޫލުކުރެވޭ ގޮތުގައި މިފަދަ މަތިވެރި ދުވަސްތަކުގައި މިވާހަކަތައްވެސް ދައްކަން އެބަ ޖެހެއެވެ. ކޮމިޝަންތައް ހަދައި މިފަދަ ޤާނޫނުތައް ދިރާސާ ކުރެވެން އެބަޖެހެއެވެ. އެކަންކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަންވެސް އެބަޖެހެއެވެ. އަޅުގަނޑު އުންމީދުކުރަނީ މިކަމަށް ދައުލަތުން ވިސްނާނެ ކަމަށެވެ. އެހެނީ ކީރިތި ޤްރުއާން ބާވައިލެއްވެވީ އެންމެ މީސްތަކުން އެފޮތަށް އަމަލުކުރަން ކަމުގައިވާތީއެވެ.
(މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ފައުޅު ކުރެއްވި ޚިޔާލުފުޅަކަށް ލިޔެފައިވާ ލިޔުމެކެވެ.)