"ކުޑަކުދިން ފެނުމުން ޝަހުވަތް އައިސް ނުބައި އަމަލުތައް ހިންގާނީ ނުބައިކަމުގައި ހައްދުފަހަނައަޅާފައިވާ މީހުންނެވެ. އެފަދަ މީހުންނަށް ޙައްޤު އަދަބު ނުދީ މުޖުތަމައު ސަލާމަތެއް ނުކުރެވޭނެއެވެ. އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ދައުލަތުން ޖެހޭނީ މަރުގެ އަދަބުދޭށެވެ! އެއިރުން އެކަން ހުއްޓޭނެއެވެ."
- ޝައިޚް ޢަލީ ޒައިދު
"އެއްޖިންސުން ގުޅުން ހިންގާ މީހުން އުސްތަނަކުން ވައްޓާލައި މެރުމަށް ޙަދީޘްފުޅުގައި އޮވެއެވެ." ޝައިޚް ލަޠީފް
އެހެންވީމާ މަރަން ޗޭންމަބަރު ހަދައި އިންޖެކްޝަން ޖަހާކަށްވެސް ނުޖެހޭނެއެވެ. އުސްތަނަކުން ވައްޓައި މަރައިލުމުން އެކަން އެއޮތީ ނިމިފައެވެ.
ރާއްޖޭގައި މީގެ 10 ވަރަކަށް އަހަރު ކުރިއާއި ހަމައަށް އެއްޖިންސުން ގުޅުން ހިންގުން ވެފައި އޮތީ ގަނޑުވަރުތެރޭ ރިޔާސީ ކަމަކަށެވެ. އެހެން ކަމުން ކުރަނިކޮށް ސާބިތުވި ނަމަވެސް އަދަބު ލިބެމުން އައީ އަނިޔާލިބުނު މީހާއަށެވެ.
އިއްޔެ އެވަނީ ކުޑަ ދެ ފިރިހެން ކުދިންނާ ގަދަކަމުން ޖިންސީގޯނާ ކުރުމުގެ މައްސަލައެއް ކުރިމަތިވެފައެވެ. މުހިންމީ މިފަދަ ނުބައި ނުލަފާ މީހުންގެ ހައްޤުތައް ހިމާޔަތްކުރުންތޯއެވެ؟ ނޫންނަމަ އެފަދަ "މިނިކާ" މީހުންގެ ކިބައިން މުޖުތަމައު ސަލާމަތްކުރުންތޯއެވެ.؟