ވީޑިއޯ: ޤްރުއާން ހިތުން އެނގޭވަރަކަށް ކިޔަވަމުން ސުވަރުގޭގެ އެންމެ މަތީ ދަރަޖައަށް އެރުމުގެ ފުރުޞަތު ދެއްވަވާނެ!: ޝައިޚް ފަރީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ވީޑިއޯ: ޤްރުއާން ހިތުން އެނގޭވަރަކަށް ކިޔަވަމުން ސުވަރުގޭގެ އެންމެ މަތީ ދަރަޖައަށް އެރުމުގެ ފުރުޞަތު ދެއްވަވާނެ!: ޝައިޚް ފަރީދު

ކީރިތި ޤްރްއާން ހިތުދަސް މީހުންނަށް ޤިޔާމަތް ދުވަހުން ބުނެވޭހުއްޓެވެ. "ކީރިތި ޤްރުއާން ކިޔަވަމުން ސުވަރުގޭގެ ދަރަޖަތަކަށް އަރަމުންދާށެވެ. ތިބާ ދުނިޔޭގައި އުޅުނުއިރު ކީރިތި ޤްރްއާނަށް ވިސްނައި ލަސްލަހުން ކިޔަވައި އުޅުނު ގޮތަށް ކިޔަވަމުން މިއަދު ސުވަރުގޭގެ ދަރަޖަތަކަށް އަރަމުންދާށެވެ." އެހިނދު އެމީހާ ކިޔަވަމުން ސުވަރުގޭގެ ދަރަޖަތަކަށް އަރަމނުންދާނެއެވެ. 

އެމީހަކަށް ހުއްޓެވޭނީ އެމީހަކު އެންމެފަހުން ކިޔަވާ އާޔަތާއި ހަމައަށެވެ. އެމަޤާމް ވެގެންދާނީ ސުވަރުގޭގައި އެމީހެއްގެ މަޤާމަށެވެ. ވީމާ ކީރިތި ޤްރްއާން އެކުގައި ހިތުދަސް އަދި ކިޔަވައި އަމަލުކުރި މީހާގެ ދަރަޖަ އާއިމެދު ވިސްނައިލާށެވެ! ސުވަރުގޭގައިވަނީ 100 ދަރަޖައެވެ. އެންމެ މަތީގައި ވަނީ ޖަންނަތުލްފިރުދައުސްއެވެ. ކީރިތި ޤްރްއާން ކިޔަމުން އެ މަތިވެރި މަޤާމަށް އެރުމުގެ ފުރުޞަތު އެމީހަކަށް ދެއްވަވާނެތެވެ. ކީރިތި ޤްރްއާން ކިޔަވާހިނދު މަލާއިކަތްބޭކަލުން ފައިބައިވަޑައިގެން އެމީހަކަށް ހެޔޮ ދުޢާ ކުރައްވަވާނެތެވެ. 

ވީމާ އަހަރެމެންނަށް އޮތް އެންމެ މުހިންމު ކަމަކީ ކީރިތި ޤްރްއާނުން އަހަރެމެންގެ ހިތްތައް ފުރައިލުމެވެ. އެއިރުން ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖައަށް އަހަރެމެންނަށް އެރޭނެތެވެ. ވީއިރު އެކަން ނުކޮށް ދެން ކުރަން އޮތީ ކޮންކްމެއްތޯއެވެ؟ 

ލައިލަތުލްޤަދަރް ވިލޭރެއަކީ 1000 މައްސަރަށްވުރެ މާތްކުރެއްވެވި މައްސަރަށް ވެގެންދިއައީ އެރެއަކީ ކީރިތި ޤްރްއާން ބާވައިލެއްވެވި ރޭ ކަމުގައި ވެގެންދިއުމުންނެވެ. ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ގިނަގިނައިން ކީރިތި ޤްރްއާން ކިޔެވުމަށެވެ. އެކަމުގެ އެންމެ ބޮޑު އެއް ފައިދާއަކީ ކީރިތި ޤްރުްއާން ކިޔެވި މީހާއަށް ޤިޔާމަތް ދުވަހު ޝަފާއަތްތެރިވާނެ ކަމެވެ. 

ޤިޔާމަތް ދުވަހު ކީރިތި ޤްރުއާން ﷲ ތަޢާލާއަށް ދަންނަވާނެތެވެ! "މީނާއަކީ ކީރިތި ޤްރްއާން ކިޔަވައި އަމަލުކުރި ކީރިތި ޤްރްއާނުގެ އަހުލުވެރިއެކެވެ. މީނާ ނަރަކައިން މުއްތިކުރައްވަވައިދެއްވަވާނދޭވެ." ކީރިތި ޤްރުއާން އެގޮތަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ޝަފާއަތްތެރިވުމުން ﷲ ތާޢާލާ އެކަން ޤަބޫލުފުޅު ކުރައްވަވައި އެމީހަކު ނަރަކައިން މުއްތި ކުރައްވަވާނެތެވެ. 

ވީމާ އަޅުގަނޑުމެންނަށް އޮތީ ނަރަކައިން ސަލާމަތްވުމަށްޓަކައިވެސް ވީހައި ގިނަގިނައިން ކީރިތި ޤްރުއާން ކިޔެވުމެވެ. 

- ޝައިޚް އިބްރާހީމް ފަރީދުގެ ދަރުސަކުން

ދަރުސްގެ ވީޑިއޯ:

 

މިއަދު އޮންލައިން