ޤައުމު ހިންގުމުގެ ފުރިހަމަ އާރާ ބާރު ރައީސް ޞާލިޙަށް އަރުވަން ޖެހޭ: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޤައުމު ހިންގުމުގެ ފުރިހަމަ އާރާ ބާރު ރައީސް ޞާލިޙަށް އަރުވަން ޖެހޭ: ޝައިޚް ޢަލީ ޒައިދު

ޤައުމުގެ ނިޒާމު މިހާރު އޮތް ގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޤައުމު ހިންގެވުމުގެ ހުރިހާ އާރާއި ބާރު ލިބިދޭން ޖެހޭކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ. 

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން މިހައިތަނަށް އައިއިރު އެމަނިކުފާނުގެ އިތުބާރު ގެއްލޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. އެހެންކަމުން  އެމަނިކުފާނަށް 5 އަހަރު ދޭން ޖެހޭ ކަމަށެވެ. 

ރާއްޖޭގެ ސިޔާސީ މަޝްރަހުން މިހައިތަނަށް ފެންނަމުން މިދަނީ ވެރިކަން ލިބުމުން ކޯލިޝަން ރޫޅުމުގެ އިތުރުން އަމިއްލަ ޕާޓީ ތެރޭގައި ވާދަވެރިކަން އުފެދި ބައިބައިވަމުންދާތަނެވެ. ރައީސް ޔާމީނާއި ރައީސް މައުމޫނުގެ މެދުގައި އުފެދުނު މައްސަލަތަކަށްވުރެ ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މެދުގައި ހުރި މައްސަލަތައް މާ ހޫނު ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ. އެގޮތުން މިރެއަކީ "ގަދަހިފުމެއް" ބޭއްވޭނެ ރެއެކެވެ.

 

މިއަދު އޮންލައިން