ވީޑިއޯ: ލައިލަތުލްޤަދްރް ވިލޭރޭ ގިނި ހިލަ ނުފެންނަނީ ޝައިޠާނުން ބަންދުކުރެއްވުމުން އުޑާއި ކައިރި ނުވެވޭތީ: ޝައިޚް ފަރީދް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ވީޑިއޯ: ލައިލަތުލްޤަދްރް ވިލޭރޭ ގިނި ހިލަ ނުފެންނަނީ ޝައިޠާނުން ބަންދުކުރެއްވުމުން އުޑާއި ކައިރި ނުވެވޭތީ: ޝައިޚް ފަރީދް

ލައިލަތުލްޤަދްރް ވިލޭރޭ އެއްވެސް ގިނި ހިލައެއް ނުފެންނާނެއެވެ. ގިނި ހިލަ ނުފެންނަނީ ޝައިޠާނުން ބަނަދުކުރެއްވުމުން އުޑާއި ކައިރި ނުވެވޭތީއެވެ. 

ލައިލަތުލްޤަދްރްވިލޭރޭ މަލާއިކަތުން ބިލިއަން ބިލިއަނުން ދުނިޔެއަށް ފައިބާ ވަޑައިގަތުމުން ޝައިޠާނުންތައް ތިބޭނީ ބިރުން ފިލަން ހޮރުތަކަށް ވަދެއެވެ. ވީމާ އުޑާއި ކައިރިއަށް ދެވޭނެ ޝައިޠާނަކު ނުހުންނާނެއެވެ. ވީމާ އެއްވެސް ގިނި ހިލައެއް އެރެއަކު ނުފެންނާނެއެވެ. 

"ޢާންމު ގޮތެއްގައި ކޮންމެ ރެއަކު އުޑުން ދުނިޔެއަށް ވިއްސަކަށް ހާސް ގިނިހިލަ ފައިބައެވެ. އެކަން ނާސާގެ ސައިންސްވެރިންނަށް އެނގެއެވެ. ރާޑަރުތަކަށްވެސް އަރައެވެ. 

އެރެއެއްގައި ގިނިހިލަ ނުފޭބުމަކީ ލައިލަތުލްޤަދްރް ވިލޭރޭގެ ޢަލާމާތެކެވެ. ދުނިޔެއަށް ގިނަ ހިލަ ނާންނަ ރެއެއް ރަމަޟާން މަހު އަންނަކަން ނާސާގެ ސައިންސްވެރިންނަށް އެނގޭތާ 20 ވަރަކަށް އަހަރު ވެއްޖެއެވެ. ނަމަވެސް އެމީހުން ބުނަން ބޭނުންނުވަނީއެވެ. އެކަން ހާމަކުރަން ބޭނުން ނުވަނީއެވެ. 

އިސްލާމް ދީނުގެ މަތިވެރިކަމާއި ކީރިތި ޤްރްއާނުގެ ތެދުކަން ލޮލަށް ފެނި ޔަޤީންވުމުންވެސް ހާމަކުރަން ބޭނުންނުވަނީ ގިނަ ބައަކު އިތުރަށް އިސްލާމްވާނެތީއެވެ. އެހެން ދީންތަކީ ބާޠިލު ދީންތަކެއް ކަމާއި ޙައްޤު ދީނަކީ އިސްލާމްދީންކަން މީސްތަކުންނަށް ހާމަކުރަން ބޭނުންނުވަނީއެވެ. 

އެހެން ނަމަވެސް ތިމާގެ އަމިއްލަ ލޮލަށް މިފަދަ ޙަޤީޤަތްތައް ފެނުމުން ސައިންސްވެރިންގެ ގިނަ ބައަކު މިހާރުވެސް ދަނީ އިސްލާމްވަމުންނެވެ. ނާސާގެ ވަޒީފާ ދޫކުރަމުންވެސް އެބަ ގެންދެއެވެ." 

-  ޝައިޚް އިބްރާހީމް ފަރީދުގެ ދަރުސަކުން

ދަރުސްގެ ވީޑިއޯ: 

މިއަދު އޮންލައިން