ލައިލަތުލްޤަދްރް ވިލޭރޭ ޙާޞީލުކުރުމަށް ސާބިތު ނުވާ ބާޠިލް ކަންކަން ކުރުމުގައި ވަގުތު ނަގައި ނުލާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ލައިލަތުލްޤަދްރް ވިލޭރޭ ޙާޞީލުކުރުމަށް ސާބިތު ނުވާ ބާޠިލް ކަންކަން ކުރުމުގައި ވަގުތު ނަގައި ނުލާށެވެ!: މުފްތީ މެންކް

ބައެއް މީހުން ލައިލަތުލްޤަދްރް ވިލޭރޭ ހާޞިލުކުރުމަށްޓަކައި މީސްމީހުން ބުނެގެން އެކިއެކި ކަންކަން ކުރެއެވެ. އެކި އަދަދުތަކުން އެއްޗެތި ކިޔަވައި ހަދައެވެ. އެކަން ނުކުރާށެވެ! އެއީ އުފައްދާފައި ހުރި ކަންކްމެވެ. އެއްވެސް އަޅުކަމެއް އުފެއްދުމުގެ ބާރު އަދި އިޚްތިޔާރު އެއްވެސް މީހަކަސް ދެއްވަވާފައެއް ނުވެއެވެ. 

ލައިލަތުލްޤަދަރް ވިލޭރެއަކީ ކޮން ރެއެއްކަން ދެނެގަންނަން މަސައްކަތްކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެއީ ނުއެނގޭނެތީއެވެ. އެނގޭނެ ވަރަކީ އެރޭ ވަނީ ފަހު ދިހައިގައިކަމެވެ. އަދި އޮނަހިރި ރެއެއް ކަމުގައިވުން ގާތްކަމެވެ. އަދި ދިހައިގެ ފަހުކޮޅުގައިވުންވެސް ގާތްކަމެވެ. ނަމަވެސް އެއީ އެއްވެސް މީހަކަށް އެނގިގެންވާ ރެއެއް ނޫނެވެ! 

ޢައިޝަތުގެފާނުގެ އެދިވަޑައިގަތުމަށް ރަސޫލް (ޞޢވ) ވަނީ އެރޭ ކުރާނެ ދުޢާއެއް ބަޔާން ކުރައްވަވައިފައެވެ. އެ ދުޢާކުރުން ގިނަކުރާށެވެ! އަދި އެނޫންވެސް އެމީހަކު ކުރަން ބޭނުން ދުޢާއެއް ކުރާށެވެ! ކުރަންވީ ކަމަކީ ދުޢާކުރުން ގިނަކުރުމެވެ. އަޅުކަންކުރުން ގިނަކުރުމެވެ. ތައުބާވުން ގިނަކުރުމެވެ! ފާފަތައް ފުއްސަވައިދެއްވެވުން އެދި ދެންނެވުން ގިނަކުރުމެވެ. 

އެރެއަކީ ކޮން ރެއެއްކަން ހޯދަން ބޭނުންވާމީހުންނަކީ އެންމެ ރެއަކު އަޅުކަންކޮށްފައި ނިންމާލަން ބޭނުންވާ މީހުންނެވެ. އެއީ އެކަން ކުރަން އޮތް ގޮތެއް ނޫނެވެ. އެ ރޭ ސިއްރުކުރެއްވެވުމުގެ ޙިކުމަތްފުޅަކީ ގިނަ ރޭ ތަކެއްގައި މަސައްކަތްކޮށް އެ ރޭ ޙާޞިލުކުރުން ކަމަށް ބެލެވޭއިރު އެކަމަށް ސަމާލުކަން ދޭށެވެ! 

ދުޢާ: اللَّهُمَّ إنَّك عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي

މިއަދު އޮންލައިން