ވީޑިއޯ: ލައިލަތުލްޤަދްރް ވިލޭރޭގެ ބައެއް ޢަލާމާތްތައް ރަސޫލް (ޞޢވ) ވަނީ ބަޔާންކޮށް ދެއްވަވާފަ: ޝައިޚް ފަރީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ވީޑިއޯ: ލައިލަތުލްޤަދްރް ވިލޭރޭގެ ބައެއް ޢަލާމާތްތައް ރަސޫލް (ޞޢވ) ވަނީ ބަޔާންކޮށް ދެއްވަވާފަ: ޝައިޚް ފަރީދު

ލައިލަތުލްޤަދްރްވިލޭރޭގެ ބައެއް ސިފަތައްވެސް ރަސޫލް (ޞޢވ) ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ. 

"އެރެއަކީ އުޑުމަތި ވަރަށް ރީތި ސާފުވެގެންވާ ރެއެކެވެ. ވިލާތަކެއް (މާގިނަ) ނުހުންނާނެއެވެ. ޠޫފާނީ ވައިރޯޅީއެއް ވެސް ނުޖެހޭނެތެވެ. އެހެން ރޭތަކާއި ޚިލާފަށް އެރެއަކީ އަލިވެގެންވާ ރެއެކެވެ. ވަރަށް އުޖާލާވެގެންވާނެ ރެއެކެވެ. ހީވާނީ އަރާފައިވާ ހަނދެއް ހުންނަހެންނެވެ. އެއީ އުޖާލާވެގެންދާ ވަރުންނެވެ." 

އަދިވެސް ބަޔާންވެގެންވެއެވެ. "އެރެއަކީ ވަރަށް ހަމަހިމޭންކަން ލިބިގެންވާ ރެއެކެވެ. މީސްތަކުން ޒުވާބުކޮށް އުޅޭ ރެއެއް ނޫނެވެ. ޠޫފާން އަންނާނެ ރެއެއްވެސް ނޫނެވެ. އެރެއަކީ ފިނި ރެއެއް އަދި ހޫނެ ރެއެއްވެސް ނޫނެވެ. އެ ރޭ އެއްވެސް ގިނި ހިލައެއް އަންނަތަނެއް ނުފެންނާނެތެވެ." 

- ޝައިޚް އިބްރާހީމް ފަރީދުގެ ދަރުސަކުން 

(މިނޫންވެސް ބައެއް ޢަލާމާތްތައް ތަފާތު ރިވާޔަތްތަކުގައި ބަޔާންވެގެންވެއެވެ. އަޅުގަނޑުމެންނަށް އޮތީ އެ ރޭގެ މާތްކަން ލިބިގަތުމަސް ގަދައަޅައި މަސައްކަތްކުރުމެވެ.) 

ދަރުސްގެ ވީޑިއޯ:

 

މިއަދު އޮންލައިން