މަޖިލީހުގެ ގަވާއިދު 30 ދުވަހުގެ ތެރޭގައި އިސްލާހުކުރުމަށް 11 މެންބަރުންގެ ކޮމިޓީއެއް ނަގައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
މަޖިލީހުގެ ގަވާއިދު 30 ދުވަހުގެ ތެރޭގައި އިސްލާހުކުރުމަށް 11 މެންބަރުންގެ ކޮމިޓީއެއް ނަގައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 30 ދުވަހުގެ ތެރޭގައި އަލުން އެކުލަވާލުމަށް 11 މެންބަރުންގެ ވަގުތީ ކޮމިޓީއެއް ނަގައިފިއެވެ.

މި ވަގުތީ ކޮމިޓީއެއް ނެގުމަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އެވެ. މިހުށަހެޅުއްވުމަށް ތާއީދުކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއެވެ.

މެންބަރު އިބްރާހީމް ޝަރީފް ހުށަހެޅުއްވި މި ވަގުތީ ކޮމިޓީގައި ތިއްބަވާ 11 މެންބަރުންނަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދް ޝިޔާމް، ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު، ވިލިގިނލި ދާއިރާގެ މެމްބަރު ސައުދު ހުސައިން، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދް އާމިރު، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު، ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފު، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރް މޫސާ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު އެވެ.

މަޖިލީހުން އަމަލުކުރާނެ އުސޫލުތައް ދުވަހުން ދުވަހަށް ތަޅުމަށް ހުށަހެޅުމުގެ ޒިންމާވެސް ހަވާލުކޮށްފައިވާ މިކޮމިޓީ އަށް ހުށަހެޅި ނަންތަށް ފާސްވީ 80 މެމްބަރުންގެ އިއްތިފާގުންނެވެ.

 

މިއަދު އޮންލައިން