ރަމަޟާން މަހަށް ކާޑު ފޮނުވި! ވިހި ވަނަ ދުވަހު ޙާލު ބަލަން ދިއައިރު މަރުވެ ކުނިވެފަ! ޒިންމާއިން ސަލާމަތްވެވޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ރަމަޟާން މަހަށް ކާޑު ފޮނުވި!  ވިހި ވަނަ ދުވަހު ޙާލު ބަލަން ދިއައިރު މަރުވެ ކުނިވެފަ! ޒިންމާއިން ސަލާމަތްވެވޭނެތަ؟

"އޭނާގެ މައިން ފައިންނަކީ މުސްކުޅިވެ 80 އަހަރާއި ގާތްކުރާ ދެމަފިރިންނެވެ. ރަމަޟާން މަސް ގާތްވުމުން މައިން ބަފައިން ދިރިއުޅޭގެއަށް ކާޑާއި ފައިސާކޮޅެއް ފޮނުވިއެވެ. 20 ވަނަ ދުވަހު ޙާލުބަލައިލަން ދިއައިރު ދެމީހުން ތިބީ މަރުވެފައެވެ. ހަށިގަނޑު އޮތީ ކުނިވާންފަށައިފައެވެ. ބަލަހައްޓަން ޙަވާލުކޮށްފައި ހުންނަ މީހާ ވަނީ މައިން ބަފައިންގެ ގަހަނާކޮޅާއި ގޭގައި ހުރި އަގުބޮޑު ތަކެތި ވެސް ހިފައިގެން ފިލައިފައެވެ." 

މީސްތަކުންނޭވެ! މިހާލަތުގައި މި ދުނިޔޭގައި ބަހަނާ ދައްކައިގެން ޤާނޫނުތަކަށް ސަލާމަތްވެވިދާނެއެވެ. އަވަސް އަވަހަށް މައިންގެ ބަފައިންގެ ގެދޮރު ވެސް އަމިއްލަކޮށްލެވިދާނެއެވެ. ނަމަވެސް އެހިސާބަކުން ނުނިމޭނެއެވެ. މައިން ބަފައިން ބަލަހައްޓަން މީހަކާއި ހަވާލުކުރުމަކުން ޒިންމާއެއް ނުކެނޑޭނެއެވެ. އެމީހާ ކަންކަނަ ކުރާ ގޮތް ބަލަހައްޓަން ޖެހޭނެއެވެ. އަދި އަމިއްލަ ދެ އަތުންވެސް ވީވަރަކުން ޚިދުމަތްކުރަން ޖެހޭނެއެވެ.

ރަމަޟާން މަސް އައުމުން އެބަ ރޯދަ ހިފަމުއެވެ. ފަރުޟު އަޅުކަމުގެ އިތުރުން ރޭގަނޑު ތަރާވީޙް ނަމާދު އެބަކުރަމުއެވެ. ރޭގަނޑުގެ ނިދި ނަގާލައި ހޭލައި ތިބެގެން ދަމުނަމާދުވެސް އެބަކުރަމުއެވެ. އަދި އެހެންވެސް އަޅުކަންތައް އެބަކުރަމުއެވެ. 

ސުވާލަކީ މިއާޔަތުގައި ތިމަން ﷲ އަށް އީމާންވެ ތިމަން ﷲ އަށް މެނުވީ އަޅުކަން ނުކުރުމަށް އަމުރުފުޅު ކުރެއްވެވުމާއި ވިދިގެން ދެން ކުރައްވަވާފައި އެވާ އަމުރުފުޅު ތަންފީޒު އެބަކުރަން ހެއްޔެވެ؟ ރަމަމާން މަސް މިހިސާބަށް ދިއައިރު އެކަން ކުރެވުނީ ކިހައި މިންވަރަކަށް ހެއްޔެވެ؟ އެއްވެސް ވަރަކަށް ކުރެވިއްޖެއެވެ. 

 

އަޅުކަންކުރުމަކީ ހަމައެކަނި ނަމާދުކުރުމާއި ރޯދަހިފުން އަދި ޒަކާތްދިނުން ކަމުގައި ދެކެގެން ނުވާނެއެވެ. ރަނގަޅެވެ. އެއީ ފަރުޟު ކަންކަމެވެ. ދެން ވިސްނަންވީ މިއާޔަތުގައި މައިން ބަފައިންނަށް ހެޔުކޮށް ހިތަން އަންގަވައި އަމުރުފުޅު ކުރައްވަވާފައި އެވަނީވެސް ހަމަ ނަމާދާއި ރޯދަ ހިފުމާއި ޒަކާތް ފަރުޟު ކުރެއްވެވި ﷲ ތަޢާލާ ކަމެވެ. ހިތާމައަކީ ވަރަށް ގިނަ ބައަކު މި ވިސްނުމުން ނުވިސްނާ ކަމެވެ. 

ބައެއް މީހުން މީރުހައި ތަކެތި ކައި ބޮއި ހަދަމުން ގެންދާއިރު، ކޮފީ މޭޒުތަކަށާއި ރޯދަވީއްލުންތަކަށް ބޮޑެތި އަދަދުތަކުން ހޭދަކުރަމުން ގެންދާއިރު ތިމާގެ މުސްކުޅިވެފައި ތިބި މައިން ބަފައިންގެ ހާލު ބަލައިވެސް ނުލައެވެ. ބައެއް މީހުން ފަހަރެއްގައި ފޯނުކޯލެއް ކޮށްލައިފާނެއެވެ. ނަމަވެސް ގިނަ މައިން ބަފައިންނަކީ ކިރިޔާވެސް ގޮތެއް އޮއްވައި ޝަކުވާކުރާނެ ބައެއް ނޫނެވެ. ވީމާ ކޮންމެ ގޮތަކލުން ނަމަވެސް ވަގުތު ހޯދައިގެން މައިން ބަފައިންގެ ޙާލު ބަލަންޖެހޭނެވެ! މިއާޔަތުގައިވާ ފަދައިން ލޯތްބާއި ކުލުނު ދޭންޖެހޭނެއެވެ. ހިފާ ރޯދަ ފުރިހަމަ ވާނީ އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމާއިއެކު ރޯދަ ހިފުމުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން