އުމްމައިޚްލާސް ފައުންޑޭޝަންގެ ފަރާތުން ކޮންމެ އަހަރަކު ކުރިއަށް ގެންދާ "ވޯލްޑް ޤުރްއާން އަވަރ" ގެ މި އަހަރު ގެ ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެއް ގަޑިއެއްގައި ކީރިތި ޤުރްއާން ކިޔަވާ ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުގެ މާނަ ކިޔައިދީ އާޔަތްތަކުގެ މުރާދު ބައިވެރިންނަށް އުގަންނައިދޭ ޕްރޮގްރާމެކެވެ. "ވޯލްޑް ޤުރްއާން އަވަރ" ގެ މި އަހަރުގެ ޕްރޮގްރާމް ރޭވިފައި ވަނީ 25 ރަމަޟާން 1440 (30 މެއި 2019) ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އިން 12:00 އަށެވެ.
"ވޯލްޑް ޤުރްއާން އަވަރ 1440" ގެ ތީމް ބިނާވެގެންވަނީ އަލް ކަހްފް ސޫރަތުގައި ބަޔާންވެގެންވާ ތިރީގައި ބަޔާންކުރެވިފައިވާ 4 ވާހަކައިގެ މައްޗަށެވެ.
ހޮހޮޅައިގެ އަހުލުވެރިން (18: 8-26)
2 ބަގީޖާގެ ވެރިޔާ (18: 32-44)
މޫސާގެފާނާއި ޙިޟްރު އަލައިހި ސަލާމްގެ ވާހަކަ (18: 60-82)
ޛުލްޤަރްނައިންގެ ވާހަކަ (18: 83-98)
މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މާދަމާ ހެނދުނު 11:00 އިން 12:00 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައެވެ.