ރަމަޟާން މަހުގެ ރޯދަ އިޚްލާޞްތެރިކަމާއިއެކު ހިފިނަމަ އެއްވެސް ފާފައެއް ނުކޮށް މުޅި އުމުރުގަވެސް ހުރެވޭނެ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ރަމަޟާން މަހުގެ ރޯދަ އިޚްލާޞްތެރިކަމާއިއެކު ހިފިނަމަ އެއްވެސް ފާފައެއް ނުކޮށް މުޅި އުމުރުގަވެސް ހުރެވޭނެ: މުފްތީ މެންކް

"ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން ރަމަޟާން މަހު (ރޯދައަށް ތިބޭއިރު) އަހަރެމެން އެންމެން މިތިބެނީ ޙަލާލު ތަކެތި އަހަރެމެންގެ ކުރިމަތީގައި ހުންނައިރުވެސް ނުކައި ނޮބޮއެވެ. ވީއިރު ރަމަޟާން މަސް ނިމުމުން ބާކީ އޮތް 11 މަސް ދުވަހު ﷲ ތަޢާލާ ޙަރާމްކުރެއްވެވި ތަކެތި ނުކައި ނުބޮއެ ނުތިބެވެންވީ ކީއްވެގެން ހެއްޔެވެ؟ 

ރަމަޟާން މަހު އަހަރެމެން މިތިބެނީ ހަމަ އެންމެ ފާފައެއް ވެސް ނުކޮށެވެ. ފާފައަކަށްވެދާނެ ހުރިހާ ކަމަކާއި ދުރުހެލިވެގެންނެވެ. ހަމަ އެއާއިއެކު ވީހައި ގިނައިން ހެޔޮ އަމަލުތައް އެބަ ކުރަމުއެވެ. ވީއިރު ރަމަޟާން މަސް ނިމުމުން ފާފަ ނުކޮށް ނުތިބެވެންވީ ކީއްވެގެންހެއްޔެވެ؟ 

ތިބެން ބޭނުން އެންމެންނަށް ތިބެވޭނެއެވެ. އެއީ ހަމަ ވަރަށް ބޮޑަށް ޔަޤީން ކަމެކެވެ. ބޭނުންވަނީ ރަމަޟާން މަހު ﷲ ތަޢާލާއަށް ބިރުވެތިވީ މިންވަރަށް އެހެން މަސްތަކުގައި ވެސް ބިރުވެތިވުމެވެ. ހިތުގެ އިޚްލާޞްތެރިކަމެވެ." 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން