"އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކު ރޯދަ ގެއްލިދާނެ ކަންކަން ކުރަން ވަރަށް ޖެހިލުންވެއެވެ. އެގޮތުން ކާއެއްޗެއްގެ ރަހަ ބަލައިލުން ފަދަ ކަމެއް ކުރަންވެސް ތިބެނީ ބިރުންނެވެ. ރޯދަ ގެއްލިދާނެ އެއްވެސް ކަމެއް ކުރަން ބިރުގަތުމަކީ ވަރަށް ރަނގަޅު ސިފައެވެ.
މައްސަލަ އުފެދެނީ ރޯދަ ގެއްލިދާނެތީ ރަހަބަލައިލަން ބިރުގަތް މީހާ، ޒިނޭކުރުމާއި އެނޫން ވެސް ފާހިޝް އަމަލުތައް ކުރަން ބިރު ނުގަންނާތީއެވެ. ބޮޑެތި ފާފަތަކަށް އަރައި ގަންނަން އެއްވެސް ބިރެއް ނުގަންނާތީއެވެ. މީހުންގެ ޙައްޤުތަކަށް އަރައިގަނެ ހަރާމް ގޮތުގައި ފައިސާއާއި ތަކެއްޗާއި ތަންތަން ހޯދައިގެން ބޭނުންކުރަން ބިރުނުގަންނާތީއެވެ. މީހުންނަށް ލިބެން ޖެހޭ ޙައްޤުތައް އަދާނުކޮށް އަމިއްލަ އެދުން ކުރިއށް ނެރެން ބިރުނުގަންނާތީއެވެ. ތިމާގެ އަޚާގެ މުދައު ނުޙައްޤުން ކާން ބިރު ނުގަންނާތީއެވެ!"
ޙަރާމްކަންކަން ކުރަމުން ނުކައި ހުރުމަކީ ރޯދަ ހިފުން ހެއްޔެވެ؟

މައުލޫމާތު: މިއަދުގެ ޚުޠުބާ