ލައިލަތުލްޤަދްރް ނުލިބިގެން އަދިވެސް މާޔޫސްވުމެއް ނެތް: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ލައިލަތުލްޤަދްރް ނުލިބިގެން އަދިވެސް މާޔޫސްވުމެއް ނެތް: މުފްތީ މެންކް

ބަރަކާތްތެރި ރަމަޟާން މަސް ނިމިގެންދާއިރު ލައިލަތުލްޤަދްރް ވިލޭރޭ ނުލިބުނު ކަމަށް ބަލައި ބައެއް މީހުން މިހާރުވެސް ވަނީ މާޔޫސްވެފައެވެ. ނަމަވެސް ބުނެލަން އޮތީ އަދިވެސް މާޔޫސް ނުވާށެވެ. މިރެއަކީ 27 ވިލޭރެއެވެ. 29 ވިލޭރޭ ކުރިއަށް އެބައޮތެވެ. 

ލައިލަތުލްޤަދްރް ވިލޭރެއަކީ ކޮން ރެއެއްކަން އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. ޔަޤީންކަމާއިއެކު އެނގޭ ވަރަކީ އެ ރެއަކީ ފަހު ދިހައިގެ ރޭތަކުގެ ތެރެއިން ރެއެއް ކަމެވެ. އަދި ލައިލަތުލްޤަދްރް ޙާޞިލުކުރަން އެދޭ މީހާ ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި ގަދައަޅައި މަސައްކަތްކުރުމަށް ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވާ ކަމެވެ. 

އެ ރެއާއިމެދު ޢިލކްމުވެރިންގެ ރައުޔުތައް ވަރަށް ތަފާތެވެ. ދެއްވާފައިވާ ފަތުވާތައް ވަރަށް ގިނައެވެ. އެހުރިހާ ފަތުވާތަކުން ވެސް އެ ރެއަކީ މިވެނި ރެއެއްކަމަށް ބުނެވޭނެ އެއްވެސް ގޮތެއް ނެތެވެ. ކުރިން ބަޔާން މިކުރިވަރަށްވުރެ އިތުރަށް ބުނެވޭނެ ބަހެއް ނެތެވެ. ނަމަވެސް ވަރަށް     ގިނަ ޢިލްމުވެރިން ބަޔާން ކުރައްވަވާފައިވަނީ އެރޭ ހިމެނިފައިވުން އެންމެ ގާތީ ފަހު ދިހައިގެ ފަހުކޮޅުގައި ކަމެވެ. 

ކޮންމެއަކަސް އަހަރެމެންނަށް އޮތީ ގަދައަޅައި މަސައްކަތްކުރުމެވެ. ގަދައަޅައި މަސައްކަތްކުރުމެވެ. މާޔޫސްވުމެއް ނެތެވެ. ހަމައެކަނި ލައިލަތުލްޤަދްރް ވިލޭރޭ މަސައްކަތްކޮށް ކާމިޔާބުކުރުމުގެ ނިޔަތުގައި އެމީހަކަށް ޤަބޫލުކުރެވޭ ވަކި ރެއަކު މަސައްކަތްކޮށްގެން އެރޭ ޙާޞިލުކުރުމަކީ އެހައި ފަސޭހަކަމަކަށް ނުވެދާނެއެވެ. 

މަހުގެ މިހިސާބުގައި ވެސް މިހާހަކަކޮޅު ދައްކައިމިލީ ގިނަ ބައަކު ތަފާތު ސުވާލުތައް ކުރާތީއެވެ. މަހުގެ ދުވަސްތަކުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުމުން ގިނަ ބައަކު ވަރަށް ބޮޑަށް މާޔޫސްވެފައި ތިބުމުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން