ސުވަރުގެ ލިބުމަށް ކުރާ މަސައްކަތުގައި ތިބާ ހައްދާ ދަނޑުގައި އިންދާ އޮށްތަކަކީ ނަމާދުކުރުމާއި ޒަކާތް ދިނުމާއި ކީރިތި ޤްރްއާން ކިޔެވުމާއި ޢާއިލާގެ މީހުންނަށް ހެޔޮކޮށް ހިތުމާއި ޢާއިލާގެ މީހުން ނޫން މީހުންނަށް ވެސް ހެޔޮކޮށް ހިތުމާއި އަދި އެހެން ދީންތަކުގެ މީހުންނަށްވެސް ހެޔޮކޮށް ހިތުން ފަދަ އަމަލުތަކެވެ. ރަސޫލް (ޞޢވ) ވަނީ އެހެން ދީންތަކުގެ މީހުންނަށްވެސް ހެޔޮކޮށް ކަންކަން ކުރައްވައިފައެވެ.
މިފަދަ އޮށްތައް އިންދައި ދަނޑު ހެއްދުމުން ޤިޔާމަތް ދުވަހު އެ ދަނޑުގެ މޭވާ ބިންނަން ލިބޭނެއެވެ. ޤިޔާމަތް ދުވަހު ލިބޭނެ މޭވާއަކީ ސުވަރުގޭގެ މަތިވެރި ނިޢްމަތެވެ. ވީމާ އަހަރެމެންނަށް އޮތީ މިދުނިޔޭގައި ތިބެ ވީހައި ގިނަ އޮށްތައް ދަނޑުގައި އިންދައި އެއިގެ މޭވާ ޤިޔާމަތް ދުވަހު ލިބުމަށް އުންމީދުކުރުމެވެ. މި މަސައްކަތް ކާމިޔާބު ކުރެވިއްޖެނަމަ އެމީހަކަށް ލިބޭނެ ދަރަޖަ ވަރަށް މަތިވެރިއެވެ. އެއީ ޖަންނަތުލްފިރުދައުސްގައި ރަސޫލް (ޞޢވ) އާއި އިތުރު މާތް ނަބިޔާ (ޞޢވ)ގެ ޞަޙާބީންގެ އަރިއަހުގައިވުމެވެ.

ކޮންމެ ދުވަހަކު ފަރުޟް 5 ނަމާދުކުރުމަކީ އެމީހަކު ސުވަރުގެ ޙާޞިލުކުރަން ކުރާ އެންމެ މުހިންމު މަސައްކަތެވެ. ނަމާދުކުރުމާއި ޒަކާތް ދިނުމާއި އެނޫންވެސް އަޅުކަން ކުރާ ވަރަކަށް، ސުވަރުގެ އެދިގެން އެމީހަކު މަސައްކަތްކުރަމުން ގެންދާ ނަމަ ސުވަރުގޭގައި އެމީހެއްގެ ދަރަޖަ ދާނީ އުފުލެމުންނެވެ. އެމީހެއްގެ ދަރަޖަ މަތިވެރިވަމުންނެވެ.
ކޮންމެ އަޅުކަމެއް ކުރުމަކީވެސް ﷲ ތައާލާ އާއި ކުއްތަންވުމަށް އެޅޭ ފިޔަވަޅެކެވެ. ވީމާ މަސައްކަތްކުރަންވީ ﷲ ތައާލާ އާއި ކުއްތަންވުމަށް ވީހައި ގިނަ ފިޔަވަޅު އެޅުމަށެވެ.
- އިސްލާމީ މަރުކަޒުގައި މިރޭ ޝައިޚް އިބްރާހީމް މެންކް ދެއްވި ދަރުސުން