2 ދުވަހަށްވުމުން ގިއަރު ފުލްކޮށްލަމާ! ކޮންމެ ތަނެއްގައި ހުރި ނަމަވެސް ކޮންމެ 10 މިނިޓަކުން 18800 ސަވާބު ވަރަށް ފަސޭހަކަމާއެކު ހޯދިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
2 ދުވަހަށްވުމުން ގިއަރު ފުލްކޮށްލަމާ! ކޮންމެ ތަނެއްގައި ހުރި ނަމަވެސް ކޮންމެ 10 މިނިޓަކުން 18800 ސަވާބު ވަރަށް ފަސޭހަކަމާއެކު ހޯދިދާނެ!

ރަމަޟާން މަސް ނިމެން މިހެން ކައިރިވެ އެންމެ ދެ ދުވަހަށްވުމުން ގިނަ ބައަކު އެންމެ ބޮޑަށް ބޭނުންވާނީ މަސައްކަތް މެކުހަށް ޖަހައި ވީހައި ކުޑަކުޑަ ކަމެއް ކޮށްލައިގެން ލުއިކަމާއިއެކު އެންމެ ގިނަ ސަވާބު ހޯދޭނެ ގޮތެކެވެ. ވީމާ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހަކަމާއިއެކު ކޮންމެ ތަނެއްގައި ހުރެގެން ވެސް ސަވާބުތައް ފުނިފުންޏަށް ޖަހައި އުސްކުރަމުން ގެންދެވިދާނެ ކަމަކާއިމެދު ވިސްނައިލަމާ ހެއްޔެވެ. 

ކީރިތި ޤްރްއާނުގެ ފުރަތަމަ ސޫރަތް، އަލްޙަމްދުގައި ވަނީ 7 ޢާޔަތެވެ. 29 ކަލިމައެވެ. 141 އަކުރެވެ. މިއިން ކޮންމެ އަކުރަކަށް މަދުވެގެން 10 ސަވާބު ދެއްވަވާނެ އިރު އަލްޙަމްދު ކިޔަވައިލުމުން 1410 ސަވާބު ލިބިގެން އެބަދެއެވެ. އިތުރުކޮށް ދެއްވަވާނެ މިންވަރު ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. 

ހަމައެއާއިއެކު އަލްޙަމްދް ނުވަތަ ސޫރަތުލްފާތިޙާއަކީ ކީރިތި ޤްރްއާނުގެ ދެބައިކުޅަ އެއްބައިކަމުގައި ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ.  ސޫރަތުލް ފާތިޙާ 10 ފަހަރު ކިޔަވަން ބޭނުންވާނީ ގިނަ ވެގެން 7 މިނީޓް އިރެވެ. އެ 7 މިނިޓްތެރޭގައި އަލްޙަމަދު 10 ފަހަރު ކިޔަވައިގެން 14100 ސަވާބު ހާޞިލުކުރެވިދާނެއެވެ. އިތުރުކޮށް ދެއްވަވާނެ މިންވަރު ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. 

ދެން ބަލައިލަންވީ ކީރިތި ޤްރްއާނުގެ ތިންބައިކުޅަ އެއްބައި ކަމުގައި ރަސޫލް (ޞޢވ) ބަޔާންކޮށްދެއްވަވާފައިވާ އިޚްލާޞް ސޫރަތަށެވެ. އިޚްލާޞް ސޫރަތުގައި ވަނީ އެންމެ 4 އާޔަތެވެ. 17 ކަލިމައެވެ. 47 އަކުރެވެ. މިއިން ކޮންމެ އަކުރަކަށް މަދުވެގެން 10 ސަވާބު ދެއްވަވާނެ އިރު މިސޫރަތް ކިޔަވައިލުމުން 470 ސަވާބު ލިބިގެން އެބަދެއެވެ. އިތުރުކޮށް ދެއްވަވާނެ މިންވަރު ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. 

ލަސްލަހުން ރިވެތިކޮށް ކިޔެވިނަމަވެސް އިޚްލާޞް ސޫރަތް 10 ފަހަރު ކިޔަވަން ބޭނުންވާނީ އެންމެ 4 މިނިޓް އިރެވެ.  އެއިގ މާނައަކީ 4 މިނިޓް އިރުގެ ތެރޭގައި އިޚްލާޞް ސޫރަތް 10 ފަހަރު ކިޔަވައި 4700 ހޯދުމުގެ ފުރުޞަތު އެބައޮތްކަމެވެ. އިތުރުކޮށް ދެއްވަވާނެ މިންވަރު ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ހަމަ އެއާއިއެކު އިޚްލާޞް ސޫރަތަކީ ކީރިތި ޤްރްއާނުގެ ތިންބައިކުޅަ އެއްބައި ކަމުގައި ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅޚު ކުރައްވަވައިފައެވެ. 

ޖުމުލަ ހަދައިލަމާހެއްޔެވެ؟ ސޫރަތުލްފާތިޙާ ކިޔަވައިގެން ކީރިތި ޤްރްއާނުގެ ދެބައިކުޅަ އެއްބައާއިއެއްވަރުގެ ދަރަޖަ 10 ފަހަރު ހޯދަން މިބޭނުންވަނީ އެންމެ 6 ވަރަކަށް މިނިޓެވެ. އެންމެ އަސާސީ މިންގަނޑުން ބެލިނަމަވެސް 14100 ސަވާބުވެސް ލިބުމާއިއެކުގައެވެ. އިޚްލާޞް ސޫރަތް ކިޔަވައިގެން ކކީރިތި ޤްރްއާނުގެ ތިންބައިކުޅަ އެއްބައާއިއެއްވަރުގެ ދަރަޖަ 10 ފަހަރު ހޯދަން މިބޭނުންވަނީ އެންމެ 4 ވަރަކަށް މިނިޓެވެ. އެންމެ އަސާސީ މިންގަނޑުން ބެލިނަމަވެސް 4700 ސަވާބުވެސް ލިބުމާއިއެކުގައެވެ. 

 މާނައަކީ ހިތުދަސް ވަރަށް ފަރިތަ ދޫމައްޗަށް އެހައިމެ ކިޔަން ފަސޭހަ މި 2 ސޫރަތް ކިޔަން 10 މިނިޓް ހޭދަކުރުމުން އެންމެ އަސާސީ މިންގަނޑުން ބެލި ނަމަވެސް 18800 ސަވާބު ލިބުމަށް އުންމީދުކުރެވިދާނެ ކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން