ފަތުރާ ދޮގު މައުލޫމާތުތަކުގެ ސަބަބުން އިސްލާމް ދީނާ ދުރަށް ޖެހުނު ބައެއް ޒުވާނުން ރޭގެ ދަމު ނަމާދުގެ ކުރީ ސަފުގަ! މާޝާ ﷲ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ފަތުރާ ދޮގު މައުލޫމާތުތަކުގެ ސަބަބުން އިސްލާމް ދީނާ ދުރަށް ޖެހުނު ބައެއް ޒުވާނުން ރޭގެ ދަމު ނަމާދުގެ ކުރީ ސަފުގަ! މާޝާ ﷲ!

އިސްލާމް ދީނާއިމެދު ފަތުރާ ދޮގު މައުލޫމާތުތަކުގެ ސަބަބުން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އިސްލާމް ދީނާއި ދުރަށް ޖެހުނު ބައެއް ޒުވާނުން ރޭގެ ދަމުނަމާދުގެ ކުރީ ސަފުތަކުން ވަނީ ފެނިފައެވެ. މާޝާ ﷲ! 

މިކަމުން ވެސް އެނގިގެންދަނީ އިސްލާމް ދިނާއިމެދު ފަތުރަމުން ގެންދާ ދޮގު މައުލޫމާތުތަކުގެ އަސަރު ފެތުރެމުން އަންނަ ކަމާއި އިސްލާމް ދީނުގެ ޞައްޙަ މައުލޫމާތު ލިބުމުން ކަންކަން އޮޅުން ފިލުމުން ޙައްޤު ގޮތް އެނގެމުން އަންނަ ކަމެވެ. 

ބައެއް ކުދިން، އެމީހުން ކުރިން ތިބި ސިފަ ވެސް މުޅިން ބަދަލުކޮށް ވަރަށް ރިވެތިކޮށް ހެދުންލައި ޒީނަތްތެރިވެގެން ތިބިކަންވެސް ފާހަގަ ކުރެވުނެވެ. އަދި ނަމާދު ނިންމައި މީހުންނާއި ސަލާމްކޮށް އުޅުނުއިރު އެމީހުންގެ މޫނުތައް ވަރަށް ބޮޑަށް އުޖާލާވެ، ހިނިތުންވެގެން ތިބިކަން ވެސް ފާހަގަކުރެވުނެވެ. 

މީގެ ތެރޭގައި މިއަދުނޫހުގައި ޝާއިޢުކުރާ ދީނީ ލިޔުންތަކަށް ޖަދަލުކޮށް، ޝައިޚުންނަށް ހަޖޫ ޖަހައި އުޅުނު ކުދިންވެސް ތިބިއިރު އެކުދިންނަށް މިފަދަ ހެޔޮ ބަދަލެއް މިންވަރުކުރެއްވެވި ކަމަށްޓަކައި ﷲ ތައާލާއަށް ޙަމްދުކުރަމެވެ! އެކުދިން ވެސް މިއަދު އެތިބީ މިއަދުނޫހަށް އެހީތެރިވެދޭ ކުދިންގެ ގޮތުގައެވެ! އިން ޝާ ﷲ!

މިއަދު އޮންލައިން