އަނެކާގެ ހިތަށް ކުރާ އަނިޔާއަކީ އެންމެ ބޮޑު އަނިޔާ! ޤިޔާމަތް ދުވަހު ޖެހޭނީ ހަމަ ޖަވާބުދާރީވާން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އަނެކާގެ ހިތަށް ކުރާ އަނިޔާއަކީ އެންމެ ބޮޑު އަނިޔާ! ޤިޔާމަތް ދުވަހު ޖެހޭނީ ހަމަ ޖަވާބުދާރީވާން!

އަނިޔާގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ބައެއް މީހުންނަށް ޤަބޫލުކުރެވެނީ އެ ދައްކަނީ ތަޅައި އަނިޔާކުރުމުގެ ވާހަކަ ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތްގޮތެއް ނޫނެވެ. އިންސާނަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާއަކީ ހިތަށް ކުރާ އަނިޔާއެވެ. 

އެކަން ބަޔާން ކުރައްވަވައި ޢަލީ (ރޢ) ވިދާޅުވެފައިވެއެވެ. "އިންސާނާގެ ހަށިގަނޑަށް ދެވޭ އެންމެ ބޮޑު އަނިޔާޢަކީ އެމީހެއްގެ ހިތަށް ކުރާ އަނިޔާއެވެ. އަދި ހިތަށް ކުރާ އަސަރު ނުއެނގޭ ބައަކާއިއެކު ދިރިއުޅެން ޖެހުމުން ލިބޭ އަނިޔާއެވެ." 

މިއީ ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. ޚާއްޞަކޮށް ކޮންމެ ދެމަފިރިއަކުވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. ޙަޔާތުގެ ބައިވެރިޔާގެ ގައިގައި ތަޅައި އަނިޔާ ނުކުރުމަކީ އަނިޔާ ނުކުރުމެއް ނޫނެވެ. އަނެކާގެ ހިތަށް ކުރާ އަނިޔާއަކީ ޖިސްމާނީ އަނިޔާތަކަށްވުރެ މާބޮޑު އަނިޔާއެކެވެ. 

ކަނޑިން ޖެހުމުން ހަށިގަނޑުގައި އުފެދޭ ފާރުގަނޑަށްވުރެ ދުލުން ބުނާ ބަސްތަކުން ދެވޭ އަނިޔާ މާބޮޑެވެ. ކަނޑިފާރު ފަސޭހަވި ނަމަވެސް ހިތުފާރު ފަސޭހަ ނުވާނެ ކަމަށް ބުނެވެނީ އެހެންވެގެންނެވެ. 

އެއްވެސް މީހެއްގެ، ޚާއްޞަކޮށް މައިން ބަފައިންނާއި ހަޔާތުގެ ބައިވެރިޔާގެ ހިތުގައި ޖެއްސުވުމަކީ އަނިޔާއެއް ނޫން ކަމަށް ޤަބޫލުކުރާ މީހުން ރަނގަޅަށް އަޑުއަހާށެވެ! ހިތުގައި ޖެއްސުވުމަކީ ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ. އާޚިރަތް ދުވަހުން ޖެހޭނީ ހަމަ ޖަވާބުދާރީވާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން