ޢީދުގެ ބޭނުމަކީ އެކަކު އަނެކަކާއި ބައްދަލުކޮށް ޙާލު ބަލައި އެހީތެރިވުމެވެ. ހެޔޮ ދުޢާ ކުރުމެވެ. އެގޮތުން މި ދުޢާއަކީ ޢީދުގައި ބައްދަލުވުމުން އެކަކު އަނެކަކަށް ކުރަން ރަނގަޅު ދުޢާއެކެވެ.

ޢީދު އައުމާއި ގުޅިގެން ތަފާތު ކުޅިވަރުތައް ކުޅެ އުޅެމުއެވެ. އަދި ނަމާދުވަގުތުތައް ފާއިތުވެގެންދާއިރުވެސް ބައެއް މީހުން ކުޅިވަރުކުޅުމުގައި ދެމިތިބެއެވެ. ވިސްނަންވީ ކަމަކީ ކުޅިވަރު ކުޅުނު ނަމަވެސް ފަރުޟު ނަމާދަށް ރައްކައުތެރިވާންޖެހޭނެ ކަމެވެ.
ކުޅިވަރުތައް ކުޅުމުގައި އުޅެން ހަދައިގެން މެންދުރު ނަމާދާއި ޢަޞްރު ނަމާދަށް އިހްމާލެވެއެވެ. ޢީދުގައި އެންމެ ބޮޑަށް އިހްމާލް ވެވޭ އެއް ނަމާދަކީ އިރުއޮއްސޭ ވަގުތު ކުރާ މަޣްރިބް ނަމާދެވެ. އެހެން ނުހަދާށެވެ! ހުރިހާ ނަމާދުތަކެއްވެސް ނަމާދުގެ ޖަމާއަތުގައި ކުރަން މަސައްކަތްކުރާށެވެ! ކޮންމެ ގޮތަކުން ނަމަވެސް ނަމާދުގެ ވަގުތުގައި އަދާކުރާށެވެ!
މިފަހަރުގެ ޢީދުގައި ހަމަ އެންމެ ނަމާދެއްވެސް ނުކޮށް އަތުން ދޫވިއަ ނުދިނުމަށް އެންމެން ވެސް ގަދަ އަޅައި މަސައްކަތްކުރާށެވެ. ނަމާދަށް އަބަދުވެސް ރައްކައުތެރިވާން ޖެހޭނެއެވެ. ޤަޞްދުގައި ނަމާދު އެޅުމަކީ ކާފިރަކު ކަމުގައި ވެދާނެ ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްތައް އެބަ ހުއްޓެވެ. ވިސްނަންވީ އެކަމުގެ ހުރި ނުރައްކައުތެރިކަމެވެ.
އަޅުގަނޑުމެން އެންމެ ބޭފުޅުންނަށް އުފާވެރި ޢީދަކަށް އެދެމުއެވެ. އެހެންކަމާއިއެކުވެސް ޢީދުގައިވެސް ހުރިހާ ކަންކަން ކުރަންވާނީ އިސްލާމް ދީނުގެ ހުދޫދުތަކުގެ ތެރެއިންނެވެ. ހެދުން އަޅަންވާނީ އިސްލާމް ދީނުގެ ހުދޫދު، ގިޔުގަނޑުގެ ތެރޭގައެވެ. ކުދިކުދި ޓޮޕްކޮޅުތަކާއި ސޯޓުކޮޅުތައް ފަދަ ފޭރާން ލައިގެން އަންހެނުން ތިބެގެން ނުވާނެއެވެ. އަދި ހިލޭ އަންހެނުންނާއި ހިލޭ ފިރިހެނުން އެއްވެސް ކަމެއްގައި މަސްހުނިވެގެން ނުވާނެއެވެ.
ހުރިހާ ބޭފުޅުންނަށް ބާއްޖަވެރި ޢީދަކަށް އެދެމެވެ.
- ޝައިޚް މުޙައްމަދު މަންޞޫރު
ޝައިޚް މަންޞޫރުގެ އިލްތިމާސް (ވީޑިއޯ):