އިޚްލާޞްތެރިކަމާއެކު ރޯދަ ހިފިނަމަ މާޔޫސް ނުވާށެވެ! ކުރި ހުރިހާ ދުޢާ އިޖާބަ ކުރައްވަވާނެތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
އިޚްލާޞްތެރިކަމާއެކު ރޯދަ ހިފިނަމަ މާޔޫސް ނުވާށެވެ! ކުރި ހުރިހާ ދުޢާ އިޖާބަ ކުރައްވަވާނެތެވެ!

ތިބާ އިޚްލާޞްތެރިކަމާއިއެކު ފާއިތުވި ރަމަޟާން މަހު ރޯދަ ހިފިން ހެއްޔެވެ؟ ރަމަޟާން މަހު ކުރަންޖެހޭ އެހެނިހެން އަޅުކަން ކުރިނެހެއްޔެވެ؟ ފަހު ދިހަ ލިބިގަތުމަށްޓަކައި ގަދައަޅައި މަސައްކަތްކުރިން ހެއްޔެވެ؟ 

އެހެންކަމަށްވާނަމަ ރަމަޟާން މަހު ތިބާ ކުރި ހުރިހާ ދުޢާތަކެއްވެސް ﷲ ތަޢާލާ އިޖާބަ ކުރެއްވެވި ކަމުގެ ޔަޤީންކަމާއިއެކު ހުންނާށެވެ! ރޯދަވެރިން ކުރާ ދުޢާ ﷲ ތާޢާލާ އިޖާބަ ނުކުރައްވަވައި ދޫކޮށެއް ނުލައްވަވާނެތެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

ﷲ ތައާލާގެ ޙަޟްރަތުން އެދުނު ބައެއް ކަންކަން އިޖާބްކޮށްދެއްވެވިކަން ތިބާއަށް އެނގުން  ފަހަރެއްގައި ތިބާ އުންމީދުކުރާ ވަރަށް ވުރެ ލަސްވެދާނެއެވެ. އެހެނީ އެކަން ތިބާއަށް އެނގޭނީ ތިބާއަށް އެންމެ ފައިދާ ހުރި ވަގުތުގައެވެ. އެ ވަގުތު ތިބާއަށްވުރެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ އެވެ. 

ރަމަޟާން މަހަށް ފަހު އަޅުކަންކުރުމާއި ދުރުހެލިނުވާށެވެ! ކަންނެތް ނުވާށެވެ! ރަމަޟާން މަސް ނިމެންދެން ދުނިޔޭގައި ލަހައްޓަވައި ދެއްވަވައި ރަމަމާން މަހުގެ ސަވާބާއި ދަރުމަ ހޯދަން މަސައްކަތް ކުރުމުގެ ފުރުޞަތު ދެއްވެވި ކަމަށްޓަކައި ޝުކުރުވެރިވުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން